ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުއެވެ. އޭނާ ފެނިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން 6 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ސިފައިންގެ 3 މީހަކާއި 3 ބިދޭސީންނެވެ. ތިން ބިދޭސީންނަކީވެސް ބަންގުލަދޭޝް އަށް ނިސްބަތްވާ 3މީހުންނެވެ.

މިއުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

މިހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

IMG 7176 1140x570

ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނަކު މަރުވެއްޖެ

kulli khabaru

މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ