ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

12 ދުވަހަށްފަހު މަސްޖިދުލް އަގްސާ މުސްލިމުންނަށް އަލުން ހުޅުވާލައިފި

މަސްޖިދުލް އަގްސާ
ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާ

ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާ، އިސްރާއީލުން އަލުން ހުޅުވާލައިފިއެވެ.
އިސްތިއުމާރީ އިސްރާއީލުން މިމަހުގެ 13 ވަނަ ދުވަހު އީރާނަށް ބޮންއަޅަން ފެށުމާއެކު، އަގްސާ މިސްކިތް މުސްލިމުންނަށް އެއްވެސް ވަރަކަށް ނުވަދެވޭނޭހެން ބަންދުކުރިއެވެ.
އަގްސާ މިސްކިތް ބަންދުކުރީ “ސަލާމަތީ” ސަބަބުތަކަށްޓަކައި ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

ވޭތުވެދިޔަ 12 ދުވަހު މިސްކިތް ހުރީ ބަންދުކޮށްފައެވެ. ނަމާދުކުރަން ނުވަތަ އަޅުކަމެއް ފުރިހަމަކުރަން ވިޔަސް، އެއްވެސް މީހަކަށް މިސްކިތަކަށް ނުވަދެވޭނޭހެން ހުރިހާ ދޮރުތައް ހުރީ ބަންދުކޮށްފައެވެ.
އިސްރާއީލުން އަގްސާ މިސްކިތް ބަންދުކުރުމުން ފަލަސްތީނު ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔައެވެ. އަދި މިސްކިތަށް ނުވަދެވޭތީ އެކަމުގެ މާޔޫސްކަން ވެރިވެގެންދިޔައެވެ.
މަސްޖިދުލް އަގްސާ ބަލަހައްޓާ ވަގްފް އޮފީހާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން އިސްރާއީލުގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރި ކުރަމުންގެންދިޔައެވެ.

އިސްރާއީލުގެ އެ ނިންމުމަކީ، ދީނީ އަޅުކަން އަދާކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި، މުސްލިމުންނަށް އަދަބިދިނުމުގެ އަމަލެއް ކަމަށްވެސް ބުނަމުން ގެންދިޔައެވެ.
އަގްސާ މިސްކިތް މުސްލިމުންނަށް ބަންދު ކޮށްފައި އޮތްއިރުވެސް، އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ޔަހޫދީން ވައްދައި އެމީހުންގެ އަޅުކަންތައް ފުރިހަމަ ކުރުމުގެ ފުރުސަތު އިސްރާއީލުން ދީފައި ވެއެވެ. މިސްކިތް ސަރަހައްދުގެ ހުރުމަތް ކަނޑައި، އިސްރާއީލުގެ މުޖުރިމުން އެ ސަރަހައްދުތަކަށް ވަދެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!