ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

Whatsapp image 2025 06 24 at 11.15.02 (1)

ޅ. މަޑިވަރު އެއާޕޯޓު ކައިރިން މިރޭ ލޯންޗަކާއި ޑިންގީއެއް ޖެހި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑު މަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓްވި ކަމުގެ ރިޕޯޓް މިރޭ 20:26 ހާއިރު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ސާފެއް ނުވެއެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށް ފަހު ގެއްލިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 07 at 00.18.07

ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް ފަރުވާދެނީ

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ

1577448047large

ބްރިޖު ލައިޓްކައިރީގައި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް