ކުއްލި ޚަބަރު

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ސަރުކާރުން އަންނަނީ ގާތުން ބަލަމުން: ޑރ. ޚަލީލް

ހަގުރާމަ ހުއްޓާލިކަމަށް އެމެރިކާއިން ބުނިނަމަވެސް، އީރާނާއި އިސްރާއީލުން އެއްވެސް އެއްޗެއް ރަސްމިކޮށް ނުބުނޭ!

ދަރަނީގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ: ނަޝީދު

ރާއްޖެ އަންނަން ތިބި ފަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފި

Minister Thoriq ibrahim,

ގަތަރުގެ ވައިގެ ބަނދަރު ރޭ ބަންދުކުރުމަށްފަހު މިހާރު ހުޅުވާފައިވާއިރު، ފްލައިޓް އޮޕަރޭޝަންސްތައް އަލުން ފެށިގެން ކުރިއަށްދާ ކަމަށާއި، މެދުއިރުމަތި ހުރަސްކޮށް ރާއްޖެ އަންނަން ތިބި ފަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވީ، ރޭ އީރާނުން ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތައް ދިނުމުންނެވެ. މަސްރަހު ގޯސްވުމާއެކު ގަތަރުގެ ވައިގެ ބަނދަރު ރޭ ވަގުތީގޮތުން ބަންދުކުރިއެވެ. އޭގެފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ކުވެއިތު އަދި ބަހްރޭނުންވެސް ވައިގެ ބަނދަރު ބަންދުކުރިއެވެ. އެހެންނަމަވެސް ގަތަރުން މިހާރު ވަނީ ވައިގެ ބަނދަރު ހުޅުވައިފައެވެ.

ގަތަރުން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ފްލައިޓް ރާއްޖެ ދަތުރުކުރެއެވެ. އެ ދަތުރުތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އެ ޙާލަތު މެދުވެރިވުމުން ދިވެހި ސަރުކާރުން ފަތުރުވެރިންގެ ދަތުރުފަތުރުގެ ކަންކަން ބަލަން ފަށާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އިތުރުން ޓޫރިޒަމް މިނިސްޓަރ ތޯރިގު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަމީން “އެކްސް” ގައި ރޭ މެންދަމު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މެދުއިރުމަތީގެ ވައިގެ ބަނދަރުތައް ބަންދުކުރުމުން ރާއްޖޭގައި ވެސް ރޭ ބައެއް ފްލައިޓްތައް ޑިލޭވި ކަމަށެވެ. އެހެންނަމަވެސް ފްލައިޓް އޮޕަރޭޝަންސްތައް އަލުން ފެށިގެން ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފްލައިޓް އޮޕަރޭޝަންސް ފެށިޔަސް، ހުޅަނގުގެ ޤައުމުތައް ހުރަސްކޮށް ރާއްޖެއަށް އަންނަން ތިިބި ފަތުރުވެރިންނަށް ދިމާވެފައިވާ ޙާލަތު ދެނެގަނެ، ދަތިތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު ތޯރިގު “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މެދުއިރުމަތީގެ ޙާލަތު ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ގުޅުންހުރި އިދާރާތަކާއި އަދި ފަތުރުވެރިކަމުގައި ރާއްޖެއާއެކު މަސައްކަތްކުރަމުން އަންނަ ފަރާތްތަކާއެކު އެ ޙާލަތު މޮނިޓަރ ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ރާއްޖެ ދަތުރުކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަންކަމަށް ވަޒީރު ވިދާޅުވިއެވެ.

އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންގެންދާ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަސްމީކޮށް ވިދާޅުވެފައެވެ. އެހެންނަމަވެސް އީރާނުން އެކަމުގައި އަދި ގޮތެއް ނިންމާފައެއްނުވެއެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހުށަހެޅުމަކީ އިޒްރާއީލުން އީރާނާށް ދެމުންގެންދާ ހަމަލާތައްވެސް ހުއްޓާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr khaleel

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ސަރުކާރުން އަންނަނީ ގާތުން ބަލަމުން: ޑރ. ޚަލީލް

raees muiz

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރޭ: ރައީސް

ދުންފަތުގެ އިސްތިޢުމާލް ނުކުރާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާމެއް ދޭން ދިރާސާއެއް ހަދަނީ

ހަގުރާމަ ހުއްޓާލިކަމަށް އެމެރިކާއިން ބުނިނަމަވެސް، އީރާނާއި އިސްރާއީލުން އެއްވެސް އެއްޗެއް ރަސްމިކޮށް ނުބުނޭ!

TTH_advertisement ELL Mobile Advertisement