ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ސަރުކާރުން އަންނަނީ ގާތުން ބަލަމުން: ޑރ. ޚަލީލް

dr khaleel
ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރަމުންގެންދާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާއިރު، އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހީންގެ ޙާލަތު ސަރުކާރުން ގާތުން ބަލަމުންގެންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ މަސްރަހު ގޯސްވެ އެ ސަރަހައްދުގެ ޤައުމުތަކުގެ ވައިގެ ބަނދަރު ރޭ ބަންދުކުރީ އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. އީރާނުން ހަމަލާދިނީ ގަތަރުގެ އަލް އުދައިދު އެއާ ބޭސް އަށެވެ. މިސައިލް ހަމަލާތައް ދޭންފެށުމާއެކު ވައިގެ ސަރަހައްދު ރޭ ބަންދުކުރި ޤައުމުތަކުގެ ތެރޭގައި، ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހްރޭން އަދި ކުވައިތު ހިމެނެއެވެ.

“މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން މިދަނީ ވަރަށްގާތުން ބަލަމުން. މިވަގުތު މި ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، މިޤައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން” ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

އީރާނާ ދެކޮޅަށް އިޒްރޭލާއާއި އެމެރިކާ ގުޅިގެން ބަދަލުކުރަމުންގެންދާ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އީރާނުން ބުނެފައިވަނީ އެފަދަ އެއްބަސްވުމެއް އޮތްކަން އެނގިފައިނުވާ ކަމަށެވެ.

ރޭ ބަންދުކުރި ވައިގެ ބަނދަރުތައް މިހާރު ވަނީ ހުޅުވައިފައެވެ. ރޭ ވައިގެ ބަނދަރުތައް ބަންދުކުރުމުން ގިނަ ފްލައިޓްތަކެއް ކެންސަލްވެ ދަތުރުފަތުރަށް ބުރޫ އެރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

dr abdulla khaleel

ވާޖިބަށް ހުރަސްއެޅުމުންވެސް ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން: ޑރ.ހަލީލު

121

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

Gt9ohh0xmaa52k5

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގައި ބައިވެރިވުމަށް ހަލީލު ތުރުކީއަށް ވަޑައިގެންފި

TTH_advertisement