ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖާއި އުމްރާއާ ގުޅޭ ޚާއްސަ އެޕެއް ނެރެފި

3

“ހާޖީ އެމްވީ”ގެ ނަމުގައި ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ އެޕެއް އިސްލާމިކް މިނިސްޓްރީން ލޯންޗުކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ހަފުލާއެއްގައި “ހާޖީ އެމްވީ” އެޕް ލޯންޗުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރު ހަސަނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހާޖީ އެމްވީ އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެއް ކަމަށާއި އޭގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސައުޔުގެ އަދަދު ކަށަވަރުކުރާނެގޮތާއި ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތަކާއި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯ އަދި މައްކާއާއި މަދީނާގެ އިސްލާމީ ތާރީހާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެ ކަމަށެވެ.

އެ އެޕްގެ ފުރަތަމަ ވާޝަން މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުން ކަމަށާއި އަދި އެޕަލް އެޕް ސްޓޯރުންވެސް އެ އެޕް ލިބޭނެ އިންތިޒާމު ކުރިއަށްއޮތް ތަނުގައި ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ އެޕްގެ އަމާޒަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށާއި އެ އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށެވެ. އަދި އެ އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި ހައްޖާއި އުމްރާއާ ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މި ދާއިރާއާ ގުޅޭ މައުލޫމާތު ހާސިލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި