ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޮބެލް ސުލްޙައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށަހެޅުމަށް ޕާކިސްތާނުން ތައްޔާރުވެއްޖެ

trump

ނޮބެލް ސުލްޙައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށަހެޅުމަށް ޕާކިސްތާނުން ނިންމާފައިވާ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ. މި ނިންމުމަކީ ޕާކިސްތާނާއި އިންޑިޔާއާ ދެމެދު އުފެދުނު ހަނގުރާމައިގެ މާޙައުލު މަޑުޖައްސާލުމުގައި ޓްރަމްޕް އަދާކުރެއްވި މުހިންމު ދައުރަށް ބަލައި، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

ޕާކިސްތާނުން ބުނެފައިވާ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ޤާއިމުކުރުމުގެ މައިގަނޑު މެދުވެރިއަކީ ޓްރަމްޕެވެ. އަދި އެ މަސައްކަތުގައި އޭނާ ދެއްކެވި ހުނަރުވެރިކަމާއި ދުރުވިސްނުން ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ނޮބެލް ސުލްޙައިގެ އިނާމަށް އޭނާގެ ނަން ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުޭގޮތުގައި، ޕާކިސްތާނުގެ މި ނިންމުމަކީ އީރާނަށް ޙަމަލާދިނުމުގައި ޔަހޫދީންނާ ގުޅުމާމެދު ޓްރަމްޕް ވިސްނަވަމުން ގެންދަވާކަން ހާމަކުރެއްވުމާ ގުޅިގެން، އެ ވިސްނުން ދޫކޮށްލެއްވުމަށް ބާރުއެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ޔަހޫދީން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ކުށްވެރިކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނޭކަން ފާހަގަކުރެވެއެވެ.

އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމުގައި ޓްރަމްޕްގެ މަސައްކަތްޕުޅުތަކުގެ މުހިންމުކަން ޕާކިސްތާނުން ފާހަގަކޮށްފައިވާއިރު، އިންޑިޔާއިން ބުނެފައިވަނީ މި ކަން ޙައްލުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވުނު ސީދާ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ނޮބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހެޅުމާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އިންޑިޔާގެ ސަރުކާރުން ވެސް މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

އެމެރިކާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް، ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ދަނީ ގޮވާލަމުން

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި