ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާއެކު ދަރުމަވަންތަ ހޮސްޕިޓަލުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ، ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއެކު ވެފައިވާ މި އެއްބަސްވުމަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދު މި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.

ޗައިނާގެ ހޮސްޕިޓަލަކާއެކު ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، ވިލިމާލޭގައި ސަރުކާރުން ތަރައްޤީކުރާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލުގެ މަޝްރޫޢަކީވެސް ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި