ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގައި ބައިވެރިވުމަށް ހަލީލު ތުރުކީއަށް ވަޑައިގެންފި

Gt9ohh0xmaa52k5
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ 51 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ތުރުކީގައި — ފޮޓޯ: ފޮރިން މިނިސްޓްރީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ 51 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ތުރުކީއަށް ވަޑައިގެންފިއެވެ.

ހަލީލު ތުރުކީއަށް މިއަދު ވަޑައިގެންނެވުމުން، ރާއްޖެ އިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުލް ރަހީމް އަބްދުލް ލަތީފު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކުވެރި މެންބަރު ގައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަން ފެނުމުން ޝަރަފުވެރިވާ ކަމަށާއި މި ރޫހުގައި މިއަދު މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ 51 ވަނަ ސެޝަން ކުރިއަށްދާނީ މިއަދާއި މާދަމާއެވެ. ސެޝަން ޗެއާކުރައްވާނީ ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާންއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

dr abdulla khaleel

ވާޖިބަށް ހުރަސްއެޅުމުންވެސް ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން: ޑރ.ހަލީލު

121

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

dr khaleel

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ސަރުކާރުން އަންނަނީ ގާތުން ބަލަމުން: ޑރ. ޚަލީލް

TTH_advertisement