ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކިޑްނީ ބަލިން ރައްކާތެރިވުމަށް ދުރާލައި ޓެސްޓްތައް ހަދަން އިލްތިމާސްކޮށްފި

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

ކިޑްނީ ބަލިން ރައްކާތެރިވުމަށް ކުރިއާލައި ޓެސްޓްތައް ހަދަން އައިޖީއެމްއެޗްގެ ހެޑް އޮފް ނެފްރޮލޮޖީ ޑރ.އިބްރާހީމް ޝިހާމް އިލްތިމާސްކޮށްފިއެވެ.

ޑރ. އިބްރާހީމް ޝިހާމް މިހެން ވިދާޅުވީ، ކިޑްނީ ބަލީގެ ހަފްތާ ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ. ޝިހާމް ވިދާޅުވީ ކިޑްނީ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ގިނަ ބައްޔެއްކަމަށާއި އޭޝިއާ ގައުމުތަކުގައި 34 އިންސައްތަ މީހުން މި ބަލި ތަހަންމަލް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ގިނަ ވަމުންދާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކިޑްނީ ބައްޔަކީ ފަސޭހައިން ދެނެގަނެވޭނެ ބައްޔެއް ކަމަށާއި އެހެންކަމުން ކުރިއާލައި ރިސްކު ދެނެގަނެ،ރިސްކު މެނޭޖްކޮށް، ސިއްހީ ލަފާ ހޯދުމަށް ޑޮކްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކިޑްނީ ބައްޔާއި އެހެނިހެން ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއެކު ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި، ކަސްރަތުކުރުމަށް ވެސް ޑރ. ޝިހާމް ވަނީ އިރުޝާދުދެއްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި