ކުއްލި ޚަބަރު

ދުބާއީ އާއި ސިންގަޕޫރަށްވުމަށް މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭ: ނާޒިމް

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ޕައިލެޓުކަން ކިޔަވަން ސްކޮލަރޝިޕްތައް ދިނީ ޑިމާންޑަށް ބެލުމެއް ނެތި: އަމީން

minister ameen

ވޭތުވެދިޔަ ސަރުކާރުން ޕައިލެޓް ތަމްރީނު ޕްރޮގްރާމްތަކަށް ސްކޮލަރޝިޕް ދޫކުރުމުގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ވަޒީފާގެ މާކެޓަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު އަލްފާޟިލް މުޙައްމަދު އަމީން ފާހަގަކުރައްވައިފިއެވެ. މި ކަމުގެ ސަބަބުން މިއަދު ގިނަ ދަރިވަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ރައްޔިތެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަހަރަކު އެވްރެޖްކޮށް 7 އިންސައްތައިގެ މިންވަރަށް ކުރިއަރަމުންދާ ކަމަށެވެ. އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި 500 އަށްވުރެ ގިނަ ދަރިވަރުންނަށް ޕައިލެޓް ތަމްރީނަށް ސްކޮލަރޝިޕް ދޫކުރެވިފައިވާ ކަމަށާއި، މީގެ އިތުރުން 200 އެއްހާ ދަރިވަރުން އަމިއްލަ ޚަރަދުގައި މި ދާއިރާއިން ކިޔަވަމުންދިޔަ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަލަށް ތަމްރީނު ލިބިގެން އަންނަ ޕައިލެޓުންގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 20 ވަރަކަށް ދަރިވަރުންނަށް އެކަނި ވަޒީފާގެ ފުރުޞަތު ލިބެމުންދެއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ މާކެޓް މިހާރު އޮތް ގޮތުން، އަހަރަކު އިތުރުވާ ޕައިލެޓުންގެ ވަޒީފާގެ އަދަދު ކަމުގައި ވަޒީރު ވިދާޅުވިއެވެ.

“ކުރީގެ ސަރުކާރުން އޭވިއޭޝަން ދާއިރާގެ ވަޒީފާގެ މާކެޓަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވުމެއްނެތި، ގިނަ އަދަދަދެއްގެ ދަރިވަރުންނަށް ޕައިލެޓް ތަމްރީނަށް ސްކޮލަރޝިޕް ދޫކުރެއްވި ކަމަށް ދެކެމެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އޭގެ ނޭދެވޭ ނަތީޖާއެވެ,” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ޤައުމަށް މުހިންމު ވަޒީފާގެ ދާއިރާތަކަށް ރިޢާޔަތްކޮށް ސްކޮލަރޝިޕް ފުރުޞަތުތައް ދޫކުރެވޭނެ އުސޫލެއް އޮތްނަމަ، އިތުރު މުހިންމު ދާއިރާތަކުން ތަޢުލީމީ ގިނަ ބަޔަކު ތަމްރީނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ގާނޫނާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދޭން މަޖިލިސް މެންބަރުން އެދޭ، އެކަމެއް ނުވާނެ: އަމީން

Dd

އަންނަ އަހަރުގެ ތެރޭ ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށަނީ

ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން އަލުން ހުޅުވާލަނީ

11

އޭވިއޭޝަން ދާއިރާ ހަރުދަނާކުރަން ރާއްޖެ އާއި އިންޑިއާ އިން މަޝްވަރާކޮށްފި

TTH_advertisement