ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުގައި އަލް ޖަޒީރާ ޓީވީ ބަލާ އެންމެނާ ދެކޮޅަށް ފިޔަވަޅުއަޅަން ބެން ގްވީރް އަމުރުކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އިސްރާއީލުގައި އަލް ޖަޒީރާ ޓީވީ ބަލާ އެންމެނާމެދު ފިޔަވަޅު އެޅުމަށް، އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްވީރް ފުލުހުންނަށް އަމުރުކޮށްފިއެވެ.

މީޑިއާއަށް ދިން ބަޔާނެއްގައި ބެން ގްވީރް ވަނީ، އަލް ޖަޒީރާ ޓީވީ ބަލާ މީހުންގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމަށް އާންމުންގެ ކިބައިންވެސް އެދިފައެވެ.

ޣައްޒާގައި އިސްރާއީލު ސިފައިން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ރިޕޯޓްތައް، އަޑާއި މަންޒަރާއެކު ގެނެސްދޭތީ އިސްރާއީލުގައި ހުރި އަލް ޖަޒީރާގެ އޮފީސް ބަންދުކޮށް، އަލް ޖަޒީރާ އިސްރާއީލުންވެސް ބޭރުކޮށްލީ 2024 ވަނަ އަހަރުގެ މެއިމަހުއެވެ. އަދި އަލް ޖަޒީރާގެ ރިޕޯޓަރުންނާއި، ޕްރޮޑިއުސަރުނާއި، ކެމެރާމަނުންނާއި، އެހެން މުވައްޒަފުންވެސް އިސްރާއީލުން ބޭރުކޮށްލިއެވެ.

HajjCop_ads
Advertisement

އަދި އޭގެފަހުން، ފަލަސްތީނު ސަރުކާރަށް މަޖުބޫރުކޮށްގެން ހުޅަނގު އައްސޭރިންވެސް އަލް ޖަޒީރާ ބޭރުކޮށްލިއެވެ. ފަލަސްތީނު ސަރުކާރުން އަލް ޖަޒީރާ މަނާކުރީ ޖެނުއަރީމަހުއެވެ.
އަލް ޖަޒީރާގެ ޓީމުތައް އިސްރާއީލުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ބެން ގްވީރްގެ ބަޔާނުގައި ބުނެފައިވަނީ، އަލް ޖަޒީރާއަށް ހުއްދަ ދެންވެސް ހުއްދަ ނުދޭނޭ ކަމަށެވެ. އަލް ޖަޒީރާއަކީ އިސްރާއީލުގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އިސްރާއީލުން އަލް ޖަޒީރާއާ ދެކޮޅުވީ، ފަލަސްތީނުގެ ރަށްތަކުގައި ހިންގާ ޖަރީމާތައް ދުނިޔެއަށް ހާމަކޮށް އިސްރާއީލުން ހަދާ ދޮގުތައް ބޭޒާރުކުރާތީއެވެ.
އަލް ޖަޒީރާގެ ތަހްގީގީ އަދި ސިއްރު ރިޕޯޓްތަކުން، ޣައްޒާ ހަނގުރާމައިގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކާ ގުޅޭގޮތުން އިސްރާއީލު ސިފައިން ހަދާފައިވާ ބޮޑެތި ދޮގުތައް ފަޅާއަރުވާލާފައި ވެއެވެ.
ޣައްޒާ ހަނގުރާމައިގެ ލައިވް ކަވަރޭޖް ގެނެސްދިނުމުގައި އަލް ޖަޒީރާ އިންގްލިޝް އަދި އަލް ޖަޒީރާ އަރަބިކް އިން ކުރާ މަސައްކަތުން، ހަނގުރާމައިގެ ޚަބަރުތައް ބެލުމުގައި ދުނިޔޭގެ ގިނަ ބަޔަކު ބަލައި އަދި އިތުބާރުވެސް ކުރަނީ އަލް ޖަޒީރާއަށެވެ.

އިސްރާއީލުގެ ހުރަސްއެޅުންތަކާ އެކުވެސް އަލް ޖަޒީރާއިން ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި ފަހަތަކަށް ނުޖެހެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

އެމެރިކާގެ ފެހި ސިގުނަލް ލިބުމާއެކު ޣައްޒާއިން “އެންމެން ބޭރުކުރަން” މިތިބީ ތައްޔާރަށް: އިސްރާއީލު