ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އިފުތިތާޙުކޮށްފި

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، މިކަމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތަކާ ބެހޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި “މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025” ގެ ނަމުގައި ޚާއްޞަ މަހާސިންތާއެއް ރަސްމީކޮށް އިފްތިތާޙު ކުރެވިއްޖެއެވެ.

ސާފު ރާއްޖެ ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަހާސިންތާ އިފްތިތާޙުކޮށްދެއްވީ ފަތ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު، އަލްފާޟިލް ޠާރިޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ މަހާސިންތާގެ ރަސްމީ ބްރޭންޑިންގ، ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައްވެސް ތަޢާރަފުކޮށްދެއްވާފައެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި މަހާސިންތާ ރާވައި އިންތިޒާމުކުރުމުގެ މަސައްކަތް “އިވެންޓް މޯލްޑިވްސް” އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެވުނެވެ.

“މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ” އަކީ ރާއްޖޭގެ އެންމެހައި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނި މެނޭޖްކުރުމާ ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން ހިމެނޭގޮތަށް 500 އަށްވުރެ ގިނަ ބައިވެރިންނާއެކު ބޭއްވުމަށް ރޭވިފައިވާ މަހާސިންތާއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު، އަލްފާޟިލް ޠާރިޤު އިބްރާހީމް ވިދާޅުވީ “މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ” އަކީ ގޯސްވަމުންދާ ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ މަހާސިންތާއެއް ކަމުގައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިއީ ވަރަށް މުހިންމުކަމެއް ދީގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށާއި، މި ޕްރޮގްރާމްގެ މުހިންމުކަން ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މި އަހަރު ހިންގޭ އެންމެ މުހިންމު މަސައްކަތް ކަމުގައި ވާތީއެވެ.

“މި މަހާސިންތާއަކީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އަޅުގަނޑުމެން އެންމެން ދެނެގަނެ، އެއް އަމާޒަކަށް، އެއް މިސްރާބަކަށް މަސައްކަތްކޮށް، ކުނި މެނޭޖްކުރުމުގެ ކަންތައްތައް އަޅުގަނޑުމެން އެންމެން އެދޭގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަށް ވާސިލުވުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތެވެ,” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ކުނި މެނޭޖްކުރުމަށް ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން، ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ ޞައްޙަ މަޢުލޫމާތު ކައުންސިލްތަކަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ވަޒީރު ޠާރިޤު އިތުރަށް ވިދާޅުވީ، މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުން ހޯދޭ ނަތީޖާއާއި، ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އެކި ފަރާތްތަކުގެ ދައުރު ފުރިހަމަގޮތުގައި އަދާކޮށް، ކުނި މެނޭޖްކުރުމުގެ ޤާނޫނީ އޮނިގަނޑުގެ މަޢުލޫމާތާއި އެކި ރަށްރަށުގެ ތަޖުރިބާއާއި ކާމިޔާބީގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން މެނުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ނުކުރެވޭނެ ކަމަށެވެ.

“މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ” ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 އިން 23 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނި މެނޭޖްކުރާ މަޝްރޫޢުތައް 137 ރަށެއްގައި ކުރިއަށް އެބަދޭ : ޠާރިޤު

ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި “ރާއްޖޭގެ ބުކް އޮފް ރެކޯޑްސް” ލޯންޗުކޮށްފި

މަސައްކަތް ކުރައްވާނީ ފަތުރުވެރިކަން ދެމެހެއްޓެނިވި ސިނާޢަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް: ޠާރިޤް

Thoriq Ibrahim, Minister Of Climate Change, Environment And Energy, Maldives Financial System Reform 29 Oct 2024

ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް: ޠާރިޤު

TTH_advertisement