ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯ އިން ގެންނަ ބޭހުގެ އަދަދު އެތައް ގުނައަކުން އިތުރުކުރެވިއްޖެ: ނާޒިމް

Img 6429 850x548
ހެލްތު މިނިސްޓަރު ނާޒިމް —

އެސްޓީއޯ އިން ގެންނަ ބޭހުގެ އަދަދު މިހާރު އެތައް ގުނައަކުން އިތުރުކުރެވިފައިވާ ކަމަށާއި އާސަންދަ ނިޒާމުން ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ “ބާރު ހަތަރެއް” ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބޭހުގެ އަގުތައް ކޮންޓްރޯލުކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ އެކަމުން ވިޔަފާރިތަކަށް ވެސް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ.

މި ސަރުކާރުން އާސަންދަ ރިފޯމުކުރުމުގެ މަސައްކަތް ފެށުނު އިރު، ބައެއް ވިޔަފާރިތަކުން އެކަމުގެ ހިތްހަމަނުޖެހުމުގެ ތެރެއިން ބައެއް ބޭސްތައް އާސަންދަ ނުލިބޭ ގޮތަށް ވިއްކަމުންދިޔަ ކަމަށާއި އޭރު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދިޔަ ނަމަވެސް، މިހާރު ލިބޭ ޝަކުވާތައް ބޮޑުތަނުން މަދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަލްކް ޕްރޮކިޔުމަންޓުގެ ގޮތުގައި އެސްޓީއޯ އިން ބޭސް ގެންނަން ފަށައި، މިހާރު 200 ބޭހެއް ގެންނަމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ލިސްޓުގައި 600 ބޭހެއް ހިމެނޭނެ ކަމަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް ގެންނަ ބޭހުގެ އަދަދު އެތައް ގުނައަކުން މިހާރު އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާސަންދައިގެ މައްސަލަތައް ހައްލުކޮށް ކުރިއަށްއޮތް ތަނުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އަދި އާސަންދައަށް ބަޖެޓުން ކުރާ ހޭދަ ވެސް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

finance

އާސަންދަ އާއި ސަބްސިޑީގެ ހަރަދުތަކުން 249 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

Oo

އާ ޝިޕްމަންޓެއް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެ: އެސްޓީއޯ

ލަންކާގެ 9 ހޮސްޕިޓަލަކުން މިހާރު އާސަންދައިގެ ޚިދުމަތް ލިބޭނެ