ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މާލެ ސިޓީގެ މަގުތަކުން ނަގާ ކުނި އުކަން އަހަރަކު 60 މިލިޔަން ރުފިޔާ ޚަރަދުވޭ: ސިޓީ ކައުންސިލް

992

މާލެ ސިޓީގެ މަގުތަކަށް އުކާފައި ހުންނަ ކުނި ނަގައި، އެ ކުނި އުކާލުމަށް، އަހަރަކު 60 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހިސާބުތަކުން ދައްކައިފިއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެސިޓީގައި ދިރިއުޅުއްވާ ބޭފުޅުންނަށް، ރީތި، ސާފު މާލެއެއް ހޯދައި ދިނުމަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުންދީ، މާލެސިޓީގެ މަގުތަކަށް އެއްވެސް ފަރާތަކުން ކުނި ނޭޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މާލެ ސިޓީގެ މަގުތަކުން މިހާރުވެސް ދުވާލަކަށް، 30 ޓަނުގެ ކުނި ނަގާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

”މާލޭގެ މަގުތަކުގައި ހުންނަ ގަސްބުޑުތަކަށާއި އެކި ބޭނުންތަކުގައި މަގު ފާރުތަކުގައި ހަރުކޮށްފައި ހުންނަ، ފޮށިތަކުގެ މަތީގައި، ކުނި ބަހައްޓާފައި ހުންނަކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ، އެ ކަންކަން އެ ގޮތަށް ނުކުރުމަށް، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް އާދޭހާއެކު އެދެން“ އާޒިމް ވިދާޅުވެފައި ވެއެވެ.

 މޭޔަރު ޢާޒިމް ވަނީ މަގުތަކަށް ކުނި އެޅުމުގެ ބަދަލުގައި، ކުނި އަޅަން ހުންނަ ޑަސްބިންތަކަށް ކުނި އެޅުމަށް، ހުރިހައި ރައްޔިތުން ވެސް އާދަކަކަށް ހެއްދެވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސަރުކާރު ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު މާހިރު

Mal

އަލިބާބާގެ ވޯކްޝޮޕަށް 448 ފަރާތަކުން ރަޖިސްޓްރީކޮށްފި

112

ލޮރީ ދިޔައީ މީހެއްގެ ގައިމަތިން، ހާލު ސީރިއަސް، އައިޖީއެމްއެޗްގައި ފަރުވާދެނީ

ރައީސް ނޭޕާލްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

TTH_advertisement