ކުއްލި ޚަބަރު

ހެލްތް އެކްސްޕޯ ގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ބައިވެރިވެއްޖެ, އަވަހަށް ވަޑައިގަންނަވާ

ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައިއައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

އެގޮތުން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން މިއަދު ވަނީ ރުހުންދީފައެވެ.

ސަފީރު ގީލާ އަކީ ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު ފޮރިން ސާވިސްގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށްފަހު އޭނާ ވަނީ ޖެނީވާގައި ހުންނަ އދ.ގެ ރާއްޖޭގެ މިޝަންގެ ސަފީރުކަމާއި، ޗާޖް ޑި އެފެއާޒްގެ މަގާމު އަަދާކުރައްވާފަ އެވެ.

އޭނާ ވަނީ ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލާގެ އިތުރުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ސާވިސަސް ޑިޕާޓްމަންޓްގެ އެޑިޝަނަލް ސެކްރެޓަރީ އަދި ހެޑްގެ މަގާމު ވެސް ފުރުއްވާފައެވެ.

ސަފީރު އިރުތިޝާމް އާދަމް ވަނީ ޑިޕްލޮމެޓް އަދި ސިޔާސީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ. އެކަމަނާ ވަނީ ޖަރުމަނާއި، އިޓަލީ، ތުރުކީ އަދި ސުވިޒަލޭންޑްގެ އެމްބަސެޑަރުކަން ކުރައްވާފައެވެ.

އަދި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި 2013 ވަނަ ވަނަ އަހަރު ނައިބު ރައީސްކަން ވެސް ވަނީ ކުރައްވާފައެވެ.

މީގެއިތުރުން، 2014 ވަނަ އަހަރުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާ، 2015- 2016 އަށް ހެލްތު މިނިސްޓަރުކަން އަދި 2016- 2018 އަށް ޔޫތު މިނިސްޓަރުކަން ވެސް އިރުތިޝާން ވަނީ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލިސް ރައީސް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފި

ތަނަވަސްކަން ލިބިފައިވާ މީހުންނަށް ދައުލަތުގެ އިނާޔަތްތައް ދޭން ނުޖެހޭ: ސަލީމް

majilis

ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

Ii

ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ އިޢާދަކުރައްވައިފި

TTH_advertisement