ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ޔު

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވައްޓާނުލާކަން ރިޔާސީ ކޮމިޝަނުގެ ތަހުގީގުން ހާމަވެއްޖެއެވެ.

ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓްގައިވާގޮތުން ތަހުގީގަށް ލިބިފައިވާ އެންމެހައި ހެކިތަކަށް ބަލާއިރު، މީހަކު ޔުމްނު ވައްޓާލީ ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެ ހެކިތަކަށް ބަލާއިރު، ބޮޑަށް ބުރަވެވެނީ ޔުމްނު ވެއްޓުނީ ކަމަށް ރިޕޯޓްގައިވެއެވެ. ނަމަވެސް ޔުމްނު އަމިއްލައަށް ފުންމަލީ ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ޔުމްނު ވައްޓާނުލާކަން ކަށަވަރުވާ ސަބަބުތައް

– ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަން

– ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން

– ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގޭ އޮންނަ ކަން

– ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން

އެރޭ ޔުމްނުއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލާ ސުވާލުކުރުމުން އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައުދުގެ މައްޗަށް އެހީނުވުމުގެ ކުށުގެ ދައުވާކޮށްފި

ޔުމްނު ވެއްޓުނު މައްސަލައިގަ ތަހުޤީގު ނިންމައި ކޮމިޝަނުގެ ރިޕޯޓް 2 ހަފްތާތެރޭ ރައީސަށް އަރުވަނީ

Yumn

ފުލުހުންގެ ވާހަކަތައް ޔުމްނުގެ އާއިލާ އިން ދޮގުކޮށްފި

ރައުދުގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

TTH_advertisement