ކުއްލި ޚަބަރު

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

90

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މިގޮތުން ކައުންސިލްގެ އައު ޢިމާރާތުގެ އެންމެ ފަހުގެ މައްސައްކަތްތަކާ ގުޅޭ ގޮތުން މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މަސައްކަތް، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކި ޢިމާރާތްތަކުގައި ކުރަން ޖެހުމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތްކުރައްވާ، މުވައްޒަފުންނަށް ވެސް ދަތި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ހުރިހައި ސެކްޝަނެއް އެއް ޢިމާރާތަކަށް ބަދަލުވުމުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑުތަނުން ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، އޭރުން ކައުންސިލްގެ މުވައްޒަފުންނަށް ވެސް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކައުންސިލްގެ އައު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ޢިމާރާތް ހުންނަ ތައިސޭ ކޮށީގެ އިރު ދެކުނު ފަރާތުގައެވެ. 20،000 އަކަފޫޓުގެ ބިއްމެއްގައި ޢިމާރާތް ކުރާ މި އައު އޮފީހަކީ ދެ ފަންގިފިލާގެ ޢިމާރާތެކެވެ.

މި ވަގުތު މާލެ ސިޓީ ކައުންސިލުން ޚިދުމަތް ދެމުން އަންނަނީ، މާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި 9 ޢިމާރާތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

420166 98146565 e

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

dr.shaheem

މިއީ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވި އަހަރު: ޑރ. ޝަހީމް

ތިޖާރާ ރަށު ފަތުރު: ފެސިލިޓީއަށް ހުށަހެޅޭ ގޮތަށް ޕޯޓަލް ހުޅުވާލައިފި

TTH_advertisement