ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ބައިބައިވުމާއެކު އޭގެ ހުރިހާ އަގެއް ދައްކަން ޖެހުނީ ރައްޔިތުން: ނާޒިމް

Img 6429 850x548
ހެލްތު މިނިސްޓަރު ނާޒިމް —

އެމްޑީޕީގެ ބައިބައިވުމާއެކު އޭގެ ހުރިހާ އަގެއް ދައްކަން ޖެހުނީ ރައްޔިތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖެ އޮތީ ދުވަހަކު ވެސް ނުދެކޭހާ ދަރަނިވެރި ހާލަތެއްގައި ކަމަށާއި މާޔޫސްވެފައިވާ ދަނޑިވަޅެއްގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ކުރައްވަނީ ގައުމު ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށެވެ.

އެމްޑީޕީން ވެރިކަން ކުރަމުންދިޔަ އިރު، ޕާޓީ އޮތީ ވިއްސިވިހާލިވެފައި ކަމަށާއި އެ ހުރިހާ ކަމެއްގެ އަގު އަދާކުރަން ޖެހުނީ ރައްޔިތުން ކަމަށެވެ. އެ މާޔޫސްކަމުގެ ތެރެއިން ދިވެހިން އިހުތިޔާރުކުރީ ރައީސް މުއިއްޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިންމާލީ 120 ބިލިއަން ރުފިޔާއިން ދަރަނިވެރިކޮށްލުމަށްފަހު ކަމަށާއި ނަމަވެސް މިހާރު ތަހައްމަލުކުރަމުންދަނީ މާ އުފާވެރި ވެރިކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

Oo

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި