ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަދު ތަހައްމަލުކުރަމުން މިދަނީ މާ އުފާވެރި ވެރިކަމެއް، ހުޅުވާލެވިފައިވާ ވެރިކަމެއް: ނާޒިމް

Naxim

މިއަދު ތަހައްމަލުކުރަމުން މިދަނީ މާ އުފާވެރި ވެރިކަމެއް ކަމަށާއި ހުޅުވާލެވިފައިވާ ވެރިކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ޑިމޮކްރަސީ އައުމަށްފަހު، ކޮންމެ ވެރިކަމެއްގައި ވެސް ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރުވެގެންދިޔަ އިރުވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ސިޔާސީ ޕާޓީތަކަށް މިނިވަންކަމެއް ނުދޭ ނަމަ، އެ ކުރެވެނީ ގައުމު ފަނާކުރުމުގެ މަސައްކަތެއް ކަމަށާއި މިއަދު ސިޔާސީ ހަރަކާތް ހިންގަން ފުރިހަމަ މިނިވަންކަން ލިބި، ފެންނަމުންދަނީ އުފާވެރި ވެރިކަމެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ހުޅުވާލެވިފައިވާ ވެރިކަމެއް ހިންގަވައި، އަމާން ވެއްޓެއް ގާއިމުކޮށްދެއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާޔޫސްވެފައިވާ ދަނޑިވަޅެއްގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ކުރައްވަނީ ގައުމު ބިނާކުރެއްވުމުގެ މަސައްކަތްޕުޅެއް ކަމަށާއި ސިއްހީ ނިޒާމަށްފަހު ގިނަ ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

Oo

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި