ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރާތީ މާލޭގެ ބައެއް ސަރަހައްދުން ކަރަންޓް ހިދުމަތް މެދުކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

stelco

މާލެ ސިޓީގެ ބައެއް ސަރަހައްދުން މިއަދު ހެނދުނާއި މެންދުރުފަހުގެ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ސްޓެލްކޯއިން ވިދާޅުވީ އެ ސަރަހައްދުތަކުން ކަރަންޓް ދަނީ މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަތްކަތެއް ކުރަންޖެހޭތީ ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 09:30 އާއި 11:30 އަށް ކަރަންޓްދާނީ މާލެސިޓީ، ދަނބުރުއް މަގު، އަނޯނާ ގޯޅި އަދި ކުދިމާ ގޯޅި ހިމެނޭ ސަރަހައްދުންނެވެ.

އަދި މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ މާލެ ސިޓީ، ބޮޑުރަސްގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހަނި ގޯޅި ހިމެނޭ ސަރަހައްދުން ކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތްތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށްވެސް އެދިވަޑައިގަންފައެވެ.

ގުޅުންހުރި

ELL Mobile Advertisement TTH_advertisement