ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ތޮއްޖެހުން ކުޑަކުރަން ޕްލޭނެއް އެކުލަވާލަނީ

Axim

ވެރިރަށް މާލެ ސިޓީގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ތޮއްޖެހުން މަދުކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ މޭޔާސް ފޯރަމްގެ ފަޔާ ޗެޓް ސެޝަންގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ސެޝަންގައި ކާބަން މަދުކުރުމާއި، ހަކަތައިގެ އަދި ދަތުރުފަތުރުގެ އިސްލާހުތަކުން ފެށިގެން އައްސޭރިފަށް ހިމާޔަތްކުރުމާއި މާލެ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރެވުނެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކާބަން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތް އަދި ފެށުމުގެ މަރުހަލާގައި ވިނަމަވެސް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގެ މަސައްކަތުން ކުރިއެރުންތައް ހާސިލުކުރެވެމުންދާ ކަމަށެވެ. އަދި މާލެ ސިޓީގެ ތޮއްޖެހުމަކީ ހަމައެކަނި ރައްޔިތުންނަށް ކުރިމަތިވާ އުނދަގުލެއް ނޫން ކަމަށާއި، އެއީ ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީގެ ތޮއްޖެހުން މަދުކުރުމަށް އެކުލަވާލެވޭ މި ޕްލޭންގެ ތަފްސީލުތައް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މި ޕްލޭނަކީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ސިއްހަތަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުކޮށްގެން އެކުލަވާލެވޭ ޕްލޭނެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދު ހުރި ކަނޑު އުޅަނދުތައް ނަގަން އަންގައިފި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

Mm

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި