ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން މިރޭ އިސްރާއީލަށް 400 މިސައިލުން ހަމަލާދޭނެ: އީރާނު ޖެނެރަލްއެއް

އީރާނުން މިރޭ އިސްރާއީލަށް 400 މިސައިލް ފޮނުވާލާނޭ ކަމަށް، އީރާނުން ބުނެފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްގެ ޖެނެރަލްއަކު ވިދާޅުވީ، ފަހަރެއް ފަހަރަށް އިސްރާއީލަށް ފޮނުވާލާ މިސައިލްތައް ވާނީ ގިނަ ކަމަށާއި، މިރޭ 400 މިސައިލް ފޮނުވާލާނޭ ކަމަށެވެ.

އީރާނުން އިސްރާއީލަށް ހަމަލާ ދިނުމަށް ކްރޫޒް މިސައިލާއި، ބެލިސްޓިކް މިސައިލާއި، ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްވެސް ގެންދަނީ ބޭނުން ކުރަމުންނެވެ. އަދި ހަމަލާދޭ ބާވަތުގެ ޑްރޯންވެސް ގެންދަނީ ފޮނުވަމުންނެވެ.

ރެއަކީ، އީރާނުން މިހާތަނަށް އިސްރާއީލަށް އެންމެ ވަރުގަދަ ހަމަލާތައް ދިން ރެއެވެ. އޭގެ ހަމަލާތައް އަމާޒުކޮށްފައިވަނީ، އިސްރާއީލުގެ މެދުތެރެއިން ވެރިރަށް ތެލް އަވީވާއި، ހައިފާއަށެވެ.

އީރާނުންދޭ ހަމަލާތަކުގައި ލިބޭ ގެއްލުންތައް ވީޑިއޯކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭނުންކުރުން އިސްރާއީލުން އާންމުންނަށާއި، ނޫސްވެރިންނަށް މަނާކޮށްފައި އޮތުމާ އެކުވެސް، ގެއްލުންތައް ފެންނަ އެތައް ވީޑިއޯއެއް އާންމުވެފައި ވެއެވެ.

އީރާނުން ރޭ ދިން ހަމަލާތަކުގައި އެކަނިވެސް 12 މީހުން މަރުވެ، 385 މީހުން ޒަޚަމްވިއެވެ.

ރޭގެ ހަމަލާތަކާ ގުޅޭގޮތުން އީރާނުގެ ބާރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާތައް ދިން އެއް ތަނަކީ އިސްރާއީލުގެ ފައިޓަރ ޖެޓުތަކަށް އަޅާ ތެޔޮ އުފައްދާ ތަންތަނާއި، ހަކަތަ ސަޕްލައިކޮށްދޭ ސެންޓަރުތަކަށް ކަމަށެވެ.

ތެލް އަވީވްގައި ހުންނަ އިސްރާއީލު އަސްކަރިއްޔާގެ މައި މަރުކަޒަށްވެސް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި ވެއެވެ.

އީރާނުން ބުނެފައިވަނީ، އިސްރާއީލުން އީރާނަށް ހަމަލާދޭން ރޭގައި ފޮނުވި ގިނަ ކްރޫޒް މިސައިލާއި، ޑްރޯންތަކާއި، އެނޫންވެސް ތަކެތި އީރާނުގެ ދިފާއީ ނިޒާމުތަކުން ވައްޓާލި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ