ކުއްލި ޚަބަރު

ލ. ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

މޯލްޑިވިއަނުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމެންޓް ޕެންޝަން ބޮޑުކުރަން ނާޒިމް ތާއީދުކުރައްވައިފި

Jxxxx

ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރުންގެ ޕެންޝަން ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ތާއީދު ކުރައްވައިފިއެވެ.

މިހާރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާކުރައްވަން ހުށަހަޅުއްވާފައި ވަނިކޮށް، ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރުންގެ ރިޓަޔާމަންޓް ޕެންޝަން ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރުން ޝަރަފުވެރިކަމާއެކު ގެންގުޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި އެދިފައި ވަނީ ރިޓަޔާ ކުރާ އުއްތަމަ ފަނޑިޔާރަކަށް ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށެވެ.

ހަމައެހެންމެ ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ވެސް އެދިފައިވެއެވެ. އެގޮތަށް ފާސްވެއްޖެނަމަ، މުއުތަސިމްއަށް މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާލަތު ބަލަން މަޖިލިހުގެ ފަރާތުން އެމްޕީއެލް ބަނދަރަށް

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

Nax

ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށް ނާޒިމް އިނގިރޭސިވިލާތަށް

Goe0numxoaagbar

ވެންޓިލޭޓަރު މައްސަލައިގައި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެން އެދިއްޖެ

TTH_advertisement