ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ އެތެރޭގައި ހަމަލާދޭން ތައްޔާރުވަމުންދިޔަ އިސްރާއީލުގެ ދެ ޖާސޫސުން ހައްޔަރުކޮށްފި

kulli khabaru

އިސްރާއީލުގެ ޖާސޫސީ މައި އިދާރާއަށް ނިސްބަތްވާ ދެމީހަކު އީރާނުން ހައްޔަރުކޮށްފިއެވެ.

އީރާޏުން ތުހުމަތު ކޮށްފައިވަނީ، އެދެ މީހުންނަކީ އީރާނުގައި ހަރަކާތްތެރިވާ މޮސާޑުގެ ދެ އޭޖެންޓުން ކަމަށެވެ.

ތަސްނީމް ނޫސް އޭޖެންސީން ބުނެފައިވަނީ، މޮސާޑުގެ ދެ އޭޖެންޓުން ހައްޔަރު ކޮށްފައިވަނީ ގޮވާތަކެއްޗާ އެކުގައި ކަމަށާއި، އެމީހުން ތައްޔާރުވަމުން ދިޔައީ އީރާނުގެ އެތެރޭގައި ހަމަލާތައް ދިނުމަށް ކަމަށެވެ.

އެމީހުންގެ އަތުން، ހަމަލާ ދިނުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައްވެސް ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ފާރަލުމާއި، ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި ވެރިން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި އީރާނުން މީގެކުރިން، އިސްރާއީލުގެ އެތައް ޖާސޫސުން ހިފައި ހައްޔަރުކޮށް ދަންޖައްސާފައި ވެއެވެ.

މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުގެ ފުރަތަމަ ދުވަހު، އިސްރާއީލުންވަނީ އީރާނު އަސްކަރިއްޔާގެ އިސް ވެރިންނާއި، ނިއުކްލިއަރ ޕްރޮގްރާމްގެ އިސް ސައިންވެސް އަވަހާރަކޮށްލާފައެވެ.

މިކަންވެސް ކޮށްފައިވަނީ، އީރާނުގެ އެތެރެއަށް ކުރިން ޖާސޫސުން ފޮނުވައި، އެ ބޭފުޅުން ތިއްބެވި ތަންތަނަށް ފާރަލައިގެން ކަމަށް ބެލެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ