ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއާ ކަޕް ކޮލިފަޔާސްގެ އަންހެން ޑިވިޝަނުގެ ތިންވަނަ ރާއްޖެއަށް

ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމު މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.

މިއަދު މެންދުރު ޒުވާނުންގެ މަރުކަޒުގައި ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ރާއްޖެއިން ބަނގްލަދޭޝް ބަލިކުރީ 86 -22 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭން 23 ޕޮއިންޓް ހޯދި އިރު ބަންގްލަދޭޝްއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ. ދެވަނަ ކުއާޓާގައި ރާއްޖެއަށް 38 ޕޮއިންޓް ލިބުނުއިރު ބަނގްލަދޭޝްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ތިންވަނަ ކުއާޓާގައި ރާއްޖެއިން 56 ޕޮއިންޓް ހޯދިއިރު ބަނގްލަދޭޝްއަށް ލިބުނީ 9 ޕޮއިންޓެވެ.

ހަތަރުވަނަ ކުއާޓާ ނިންމާލީ 88-22 ޕޮއިންޓުންނެވެ. މި މެޗުގައި ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 30 ޕޮއިންޓް ހޯދައިދިން މަރިޔަމް ކައިލީން ޝިރުހާންއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

futsal team

ރާއްޖެ އަދި ބޫޓާން ބައްދަލުކުރާ މެޗު، މޮޅުވެއްޖެނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެ

އަމާޒަކީ ސާފް ފުޓްސަލް ތަށި މިފަހަރު ހޯދުން: އިމްރާން

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް