ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި

އެމްޑަބްލިޔުއެސްސީން ގދ. ފިޔޯރީގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ފުރިހަމަކޮށް ކޮމިޝަންކޮށްފިއެވެ.

މި މަޝްރޫޢު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރެވުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ އެހީގެ ދަށުން ކުރިއަށް ގެންދެވުނު މި މަޝްރޫޢުއަށް ޖުމުލަ 59.95 މިލިއަން ދިވެހި ރުފިޔާ ޚަރަދުވެފައިވާކަމަށް އެމްޑަބްލިޔުއެސްސީން ހާމަކޮށްފައިވެއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ހާމަކުރި ގޮތުގައި، މި މަޝްރޫޢު ނިންމައި ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނީ ކޮންސްޓްރަކްޝަން މިނިސްޓްރީ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން އެ ރަށަށް ޒިޔާރަތްކޮށްގެންނެވެ.

ފިޔޯރީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރޭގައި ފެން ޕްލާންޓް ބެހެއްޓުމަށް ޚާއްޞަ އިމާރާތެއް ކުރެވި، ފެނުގެ މައި ނެޓްވޯކް އެޅި، އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދެވިފައިވެއެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބެހެއްޓި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އެޅި، އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ބެހެއްޓިފައިވެއެވެ.

ފިޔޯރީގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރޭގައި، ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިން ލައިން އެޅި، ޕަންޕިން ސްޓޭޝަން ގާއިމުކުރެވި، އަދި ސީ އައުޓްފޯލް އެޅިފައިވެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދެވިފައިވެއެވެ.

އިތުރުން، މި މަޝްރޫޢުގެ ދަށުން ފެން ތަޙްލީލުކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާގެން މިފަހަރުވެސް ޢުމްރާ ދަތުރެއް

“އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް އިފްތާރް މީލް ޕެކް ބަހަނީ

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

mwsc matheen

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް: މަތީން