ކުއްލި ޚަބަރު

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަތީ ތައުލީމާއި ތަމްރީނާ ގުޅޭ އިންޓަރނޭޝަނަލް އެކްސްޕޯ

މަތީ ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ އިއްޔެ ފަށައިފި އެވެ.

އިއްޔެ ހަވީރު މި އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކްސްޕޯ ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ.

އެކްސްޕޯ ބާއްވަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ފަރާތުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 40 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ވަނީ ތައުލީމާއި ވެލްނަސްގެ ދާއިރާއިން 100 އަށް ވުރެ ގިނަ ފުރުސަތުތައް ހުޅުވާލާފައެވެ.

ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން އެކްސްޕޯގައި ބައިވެރިވެއެވެ. އަދި، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، މެލޭޝިއާ، ސްރީ ލަންކާ، ފިލިޕީންސް އަދި އިންޑިއާގެ ޔުނިވަރސިޓީތަކުން ވެސް އެކްސްޕޯގައި ބައިވެރިވެއެވެ.

އެކްސްޕޯގައި ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާއިން ކޯސްތަކުގެ އިތުރުން މެޑިކަލް ދާއިރާއިން ގިނަ ކޯސްތަކެއް ހިމެނެއެވެ. އެކްސްޕޯގައި ހުޅުވާލާފައިވާ ފުރުސަތުތަކާއެކު ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ.

ސެންޓްރަލް ޕާކުގައި އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު 3 އިން ރޭގަނޑު 10 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިދިޔަ 2 އަހަރު 471 ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދީފައިވޭ

Minister Ismail Shafeeu

2027 އިން ފެށިގެން ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރުމަށް ނިންމައިފި

ވަރަ އެކްސްޕޯ ނިންމާލައިފި

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ މިއަހަރު ދޫކޮށްފި

TTH_advertisement