ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

އީރާނުގެ ރައްދު ހަމަލާ: ތަލްއަވީވުގައި ދިފާއީ ވުޒާރާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް

އިސްރާއީލުން މިއަދު އީރާނަށް ދިން ނިރުބަވެރި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ރައްދު ހަމަލާތައް އިސްރާއީލަށް ދޭން ފަށައިފިއެވެ.

އީރާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ގައުމުގެ ނިއުކުލިއާ ސަައެންސްވެރިންތަކެއްވެސް ގަތުލުކޮށްލިއެވެ.

އީރާނުން “ވަރުގަދަ ރައްދު”ގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި އެގައުމުންވަނީ އެތައް ސަތޭކަ ބެލެސްޓިކް މިސައިލު އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އިސްރާއީލުގެ ދާހިލީ ސަލާމަތާ ބެހޭ އިދާރާތަކުންވަނީ އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ހަމަލާތަކެއް އީރާނުން ފޮނުވާފައިވާކަމަށް އެއްބަސްވެފައެވެ. އަދި އިސްރާއީލު ރައްޔިތުން ރައްކާތެރިވެގެން ތިބުމަށް އެ ގައުމުގެ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

އިސްރާއީލުގެ ވެރިރަށް ތަލްއަވީވާއި ގުދުސްއާއި އެހެނިހެން ބައެއް ސިޓީތަކުގައި އިންޒާރުގެ ރަނގަބީލު އަޅާފައިވާކަން ބައިނަލްއަގުވާމީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އިސްރާއީލުގެ ބައެއް ޓީވީ ޗެނަލްތަކުން ތަލްއަވީވުގެ މެދުގައި ބޮޑު ދުންގަނޑެއް އަރާ މަންޒަރު ދައްކާފައިވާއިރު، ޗެނަލް-13 އިން ބުނެފައިވަނީ އެއީ ދިފާއީ ވުޒާރާ ކައިރީ ރޯވެފައިވާ އަލިފާންގަނޑެއް ކަމުގައެވެ.

އިސްރާއީލުގެ ނޫހެއްކަމަށްވާ ހިޔޫމްއިން ރިޕޯޓުކޮށްފައިވާ ގޮތުން އިސްރާއީލުގެ މެދު ތެރެއަށް ހަތް ރޮކެޓު ވެއްޓިފައިވެއެވެ.

އީރާނުގެ އިންގިލާބީ ފާރަވެރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ އެތައް އަމާޒުފަތްގަނޑަކަށް ހަމަލާދީފައިވާ ކަމަށާއި، އޭގެ ތެރޭގައި އަސްކަރީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތައް ހިމެނޭ ކަމަށެވެ. އަދި އިސްރާއީލުގައި އަމާން އެއްވެސް ތަނެއް ނުބާއްވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތައް އިސްރާއީލަށް ވޭންދެނެވި ދުވަސްތަކަކަށް ބަދަލުކުރާނެ ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާގެ މަސްއޫލުވެރިންތަކެއް އެ ގައުމުގެ ޗެނަލް-13 އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އީރާނުގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވާ ގޮތުން އިސްރާއީލުގެ ހަމަލާތައް އަދި ފެށުނީއެވެ. ކުރިއަށް އޮތް ތަނުގައި އީރާނުގެ ނިއުކުލިއާ ވަސީލަތްތަކަށް ހަމަލާދިނުމުގެ އިތުރަށް އެ ގައުމުގެ ބެލިސްޓިކް މިސައިލުތައް ރައްކާކޮށްފައި ހުރި ތަންތަނަށްވެސް ހަމަލާދޭނެއެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކުރި ގޮތުގައި އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓެއްވަނީ ވައްޓާލާފައެވެ.

އިސްރާއީލަށް އަމާޒުކޮށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފިނަމަ އީރާނުގެ ތެޔޮ ވަޅުތަކަށާއި ތެޔޮ ސާފުކުރާ ކާރުހާނާތަކަށް އިސްރާއީލުން ހަމަލާދޭނެ ކަމަށް އެ ގައުމުގެ އަސްކަރީ މަސްއޫލުވެރިންނާ ހަވާލާދީ ޗެނަލް-13 އިން ރިޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

TTH_advertisement