ކުއްލި ޚަބަރު

ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެ: މެޓް

އުއްތަމަ ފަނޑިޔާރު އަންނަ ހޯމަ ދުވަހު ރިޓަޔަރ ކުރަށްވަނީ

އަމާޒަކީ ކްރިއޭޓިވް އިންޑަސްޓްރީތަކުން މަދުވެގެން ޖީޑީޕީގެ 15 ޕަސަންޓު ހިއްސާކުރުން: ރައީސް 

އީރާނުން ދޭނޭ ރައްދު ހަމަލާތަކަށް ބިރުން ނަތަންޔާހޫ އިސްރާއީލުން ބޭރުވެ، ފިލައިފި

ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްރާއީލުން ބޭރުވެ، ފިލައިގެން ރައްކާތެރި ތަނަކަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ނަތަންޔާހޫ އިސްރާއީލުން ބޭރުވި ކަމުގެ ރިޕޯޓްތައް މި އާންމުވީ، އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ޑްރޯން ފައުޖަކާއި، އެތައްސަތޭކަ މިސައިލް އުދުއްސާލުމާ އެކުގައެވެ.

އީރާނުން ރައްދު ދޭނޭކަން އެނގޭތީ، ނަތަންޔާހޫވަނީ އިސްރާއީލުގެ އާންމުން ކާބޯތަކެތި ގަނެ، ބޮމުގެ ހަމަލާތަކުން ރައްކާތެރިވާ ޝެލްޓަރތަކަށް ވަދެ ސަލާމަތް ހޯދުމަށް އިލްތިމާސްކޮށްފައެވެ.

މުޅި އިސްރާއީލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވަރަށް މުހިންމު ބޭނުމެއްގައި ނޫނީ އެއްވެސް މީހަކު ބޭރަށް ނުނިކުންނަން މިހާރުވަނީ އަންގާފައެވެ. އަދި ސިފައިން ތިބީ ތައްޔާރީ ހާލަތުގައެވެ.

އާންމުން ބޮން ޝެލްޓަރތަކަށް ވެއްދުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ނަތަންޔާހޫ އިސްރާއީލުން ފުރައިގެން އެހެން ގައުމަކަށް ދިޔަކަމުގެ ރިޕޯޓްތައް ފެތުރި، އޭނާ ދަތުރުކުރި މަތިންދާ ބޯޓު ފްލައިޓް ރާޑަރުންވެސް ވަނީ ފެނިފައެވެ.

އެ ބޯޓާއެކު، އިސްރާއީލު ސިފައިންގެ ދެ ޖެޓު ދަތުރުކުރި ކަންވެސް ހާމަވެފައި ވެއެވެ.

ނަމަވެސް، މަތިންދާ ބޯޓު ވަކި ހިސާބަކުން ވަނީ ސިގުނަލް ކެނޑި، ގެއްލިފައެވެ. އެއީ، ބޯޓު ދަތުރުކުރާ މަންޒިލް ސިއްރު ކުރުމަށެވެ.

އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނާއި، އެހެން ރަށްތަކަށް ސަތޭކައަށްވުރެ ގިނަ ވައިގެ ހަމަލާތައް ދިނެވެ.

ރައްދުގައި އީރާނުން ޑްރޯން ފައުޖެއް އުދުއްސާލިއިރު، އިސްރާއީލު މީޑިއާއިން ބުނެފައިވަނީ 200 އަށްވުރެ ގިނަ ޑްރޯން އިސްރާއީލާ ދިމާއަށް އަންނަ ކަމަށެވެ. މިއީ، ހަމަލާދޭ ބާވަތުގެ ޑްރޯންއެވެ.

އީރާނުން ފޮނުވާލި ޑްރޯންތައް ވައްޓާލުމުގައި އިސްރާއީލު ސިފައިން މިވަގުތު ބިޒީވެފައިވުމަކީ، އީރާނަށް އިތުރު ހަމަލާއެއް ދޭން ފުރުސަތު ނުދިނުމަށް އީރާނުން ގަސްތުގައި ކުރި ކަމެއްކަމަށް ވެއެވެ.

އީރާނުން އިސްރާއީލަށް ބެލިސްޓިކް އެތައް މިސައިލެއް އުދުއްސާލި ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް، އީރާނުން އަދި މިސައިލެއް އުދުއްސާނުލާ ކަމަށް ގިނަ ރިޕޯޓްތައް ބުނެއެވެ. އެކަމަކު، އީރާނުން ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވަމުންދާ ކަމަށް ވެއެވެ.

އީރާނުން އިސްރާއީލަށް ޑްރޯން ފައުޖެއް މި އުދުއްސާލީ، އިސްރާއީލުން ދިން ވައިގެ ހަމަލާތަކަށް ރައްދުދިނުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަމުރު ކުރައްވައިގެންނެވެ.

އީރާނުގެ މަސްއޫލުވެރިން ވިދާޅުވަނީ، ޒަޔަނިސްޓު ޓެރަރިސްޓު ދައުލަތުން ހުރިހާ ރަތްރޮނގެއް ހުރަސްކޮށްފި ކަމަށާއި، އީރާނު ދެން މަޑަކުން ނޯންނާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމާސްއާ ވާހަކަ ދެއްކުން ހުއްޓާލައި، ޣައްޒާ ހިފުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބެން-ގްވީރް، ނަތަންޔާހޫއަށް ގޮވާލައިފި

ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެ: މެޓް

ކާވާ ޗެމްޕިއަންސް ލީގު ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

އުއްތަމަ ފަނޑިޔާރު އަންނަ ހޯމަ ދުވަހު ރިޓަޔަރ ކުރަށްވަނީ

TTH_advertisement ELL Mobile Advertisement