ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖުވެރިންނަށް ހާއްޞަ ކްލިނިކް، އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

އައިޖީއެމްއެޗްގެ ފުލޫ ކްލިނިކަށް ދައްކަންދާން ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް ފުރަތަމަ ދާންޖެހޭނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

އެގޮތުން ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކް ވަނީ ހުޅުވާފައެވެ. ހުޅުމާލޭގައި ކްލިނިކް ހުުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 20:0އަށެވެ.
ފްލޫ ކްނިކަށް ދާއިރު މާސްކް އެޅުމަށް ވެސް ހޮސްޕިޓަލް ތަކުން ވަނީ އިރުޝާދުދެއްވާފައެވެ.

ހުޅުމާލޭ ފުލޫ ކްލިނިކުގެ އިތުރު މަޢުލޫމާތު ހޯދުމަށް 1417އަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް އަންނާނީ މިއަދު މެންދުރު ސައުދީ އެއާލައިނުންނެވެ.

އެޗްޕީއޭއިން ވަނީ ކުޑަކުދިން އެއަރޕޯޓަށް ނުގެންދިއުމަށާއި ވީހާވެސް މަދުބަޔަކު އެއަރޕޯޓަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 23 at 21.21.26

ތިނަދޫގައި 50 ފްލެޓް އެޅުމާއި މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

009

ހަތަރު މީހުންގެ ގްރޫޕަކުން ވަދެ ހިންނަވަރު އިންޖީނުގޭގެ މުވައްޒަފަކަށް ހަމަލާދީފި

Q

މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ހަ ކިލޯގެ ޑްރަގް އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި