ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެ

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤުޞަދުގައި އެ ކޯޕަރޭޝަންގެ ނަމުގައި ދިވެހި އާންމު ރައްޔިތުންގެ ފޯނަށް މެސެޖްތަކެއް ފޮނުވަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކުރާނެކަމަށާއި އަދި އެކޯޕަރޭޝަންގެ ފަރާތުން އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖްކޮށް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާކަށް ނާންގާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ޖަމާކުކުރުމަށް އަންގާނީ އެ ކޯޕްރޭޝަންގެ ނަމުފައި ހެދިފައިވާ ހުރި ރަސްމީ އެކައުންޓު ތަކަށްކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވަނީ އޮޅުވާލައިގެން މިފަދަ ގޮތްގޮތައް ފައިސާ ހޯދަން ކުރާ މެޖެސްތަޖާއި ފޮނުވާ ލިންތަކަށް ސަމާލުވެ އެފަދަ ލިންކްތަކަށް ނުފިތުމަށާއި އެފަދަ މެސެޖެއް ނުވަތަ ކޯލެއް އައިސްފިނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެންޓި ސްކޭމް ސެންޓަރުންވެސް ވަނީ ވިދާޅުވެފައެވެ.

އަދި ހިތުގައި ޝައްކު އުފެދޭނަމަ، އެކަމެއް ޔަޤީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެ ސެންޓަރުންވަނީ އިލްތިމާސްކޮށްފައެވެ. ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ އެންޓި ސްކޭމް ސެންޓަރަށް ވަގުތުން ރިޕޯޓުކުރުމަށް އެސެންޓަރުންވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް

Ui

ދިވެހި ހައްޖާޖީން ތިބުމަށް ހަމަޖެހިފައިވާ މިނާ ޓެންޓުތަކުގައި 60 ފާހާނާ ބަހައްޓަނީ

umra

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު އުމްރާވެރިން ސައުދި އަރަބިއްޔާއަށް ހިނގައްޖެ

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ