ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ

ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

ރާއްޖޭން ބަނގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މިމެޗު ކާމިޔާބު ކުރީ 104 ޕޮއިންޓް 15 ޕޮއިންޓުންނެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް ދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ރާއްޖެއިން ވަނީ ބަނގްލަދޭޝްއަށް އެއްވެސް ފުރިސަތެއް ނުދީ ޖެހިޖެހިގެން ސްކޯ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ކުއާޓަގައި ރާއްޖެއިން ވަނީ 54 ޕޮއިންޓް ހޯދާފައެވެ. ބަނގްލަދޭޝްއަށް ހޯދުނީ 6 ޕޮއިންޓެވެ. ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 26 ޕޮއިންޓް ހަމަކުރި މަރިޔަމް ކައިލީން ޝިރުހާންއެވެ.

ދެވަނަ ކުއާޓަރގައި ރާއްޖޭން 53 ޕޮއިންޓް ހަމަކުރިއިރު ބަނގްލަދޭޝްއަށް ލިބުނީ 6 ޕޮއިންޓެވެ. ތިންވަނަ ކުއާޓަރގައި ރާއްޖެއަށް 90 ޕޮއިންޓް ލިބުނުއިރު ބަނގްލަދޭޝްއަށް އެއްކުރެވުނީ 9 ޕޮއިންޓެވެ.ހަތަރުވަނަ ކުއާޓަރ ރާއްޖެއިން ކާމިޔާބުކުރީ 104-17 ޕޮއިންޓުންނެވެ.

ދެން ރާއްޖޭގެ އަންހެންޓީމު ކުޅޭނީ މާދަމާ ރޭ 8:00 ގައި ސްރީލަންކާއާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

futsal team

ރާއްޖެ އަދި ބޫޓާން ބައްދަލުކުރާ މެޗު، މޮޅުވެއްޖެނަމަ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުވާނެ

އަމާޒަކީ ސާފް ފުޓްސަލް ތަށި މިފަހަރު ހޯދުން: އިމްރާން

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް