ކުއްލި ޚަބަރު

ދުބާއީ އާއި ސިންގަޕޫރަށްވުމަށް މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭ: ނާޒިމް

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

އެއްވެސް ޤައުމަކަށް މޫސުމަށް އަންނަ ބަދަލްތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ އެކަނި ކުރިމަތިނުލެވޭނެ: ޑރ. އަމްޒަތު

Ann

އެއްވެސް ޤައުމަކަށް މޫސުމަށް އަންނަ ބަދަލްތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ އެކަނި ކުރިމަތިނުލެވޭނެ ކަމަށާ ހުރިހާ ގައުމަކުންވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާ އެއީ ކުރިއަށް ދެވޭނެ ހަމައެކަނި މަގު ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޔޫ.އެން.އޯ.ސީ 3 ގެ އޯޝަން އެކްޝަން ޕެނަލް 8 ގައި ވާހަކަދައްކަވަމުން އެއްބާރުލުން ދިނުމާއި އެހީތެރިވުމާ ބެހޭގޮތުން އަމްޒަތުގެ ވާހަކައިގައި އަލިއަޅުވާލެއްވި އެވެ.

އަމްޒަތު އަޙްމަދު ވަނީ އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ޒިންމާދާރުކަން ހިއްސާކުރުމުގެ މައްޗަށް ބިނާކޮށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އޭނާ ވަނީ އައި.އޯ.ޓީ.ސީ އާއި، އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނަރޝިޕް އަދި އެހެނިހެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ދިވެހިރާއްޖޭގެ ލީޑަރޝިޕް ފާހަގަކުރައްވާފައެވެ. ދުނިޔޭގެ މަސްވެރިކަމާއި ތިމާވެށި ބެލެހެއްޓުމުގެ މަސައްކަތްތަކުގައި ދިވެހިރާއްޖެ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ. އަދި ޔޫ.އެން.އެފް.ސީ.ސީ.ސީ، ކުންމިންގ މޮންޓްރިއަލް ބަޔޯޑައިވަރސިޓީ ޕްރޮޓޮކޯލް، އަދި ސައިޓިސް އާ ގުޅޭގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އަދާކުރާ ޙަރަކާތްތެރި ދައުރުވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުން ކުރިއެރުވުމުން ފެށިގެން ބީ.ބީ.އެން.ޖޭ އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ހަމަހަމަކަމަށް ވަކާލާތުކުރުމާ ހަމައަށް، ދިވެހިރާއްޖެއިން ޙަޤީޤީ އެއްބާރުލުމަކަށް ގޮވާލާ ކަމަށް އަމްޒަތު ވިދާޅުވި އެވެ. އެއީ ކުދި މިނުގެ މަސްވެރިކަމަށް އިސްކަންދެވި، އަދި ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތައް ހަމައެކަނި ސްޓޭކްހޯލްޑަރުންގެ ގޮތުގައި ނޫން ކަމަށް ވިދާޅުވި އެވެ. އަދި ކަނޑާ ގުޅޭ ޙައްލުތައް އުފެއްދުމުގައި ބާނީންގެ ގޮތުގައި ދެކެވޭ އެއްބާރުލުމެއްކަމަށްވެސް ވިދާޅުވިއެވެ.

ޑރ. އަމްޒަތު ވިދާޅުވީ މިއީ އެހެންބައެއްގެ ހަނގުރާމައެއް ނޫން ކަމަށާ މިއީ އަހަރެމެން އެންމެންގެ ހަނގުރާމައެއް ކަމަށް ވިދާޅުވި އެވެ އަދި ދިވެހިރާއްޖެ އޮތީ އޭގެ ދައުރު އަދާކުރުމަށް ތައްޔާރަށް ކަމަށް އަމްޒަތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ދާ ޖަހައިގެން މަސް ހިފި މައްސަލައެއް ބަލަނީ

Ii

ބިލެތްފަހި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ކަނދުފައްޗެއް ދ. އަތޮޅުގައި އަޅައިފި

އެކުއަކަލްޗަރގެ މަސައްކަތަށް ފަޅު ރަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

TTH_advertisement