ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

ޔަމަނުން މިސައިލެއް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފި

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ކްލާސްރޫމްތައް އޭސީ ކުރަން ފެނަކައާ ހަވާލުކޮށްފި

ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ “ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދަށުން ހުރިހާ ކްލާސްރޫމްތައް އޭސީ ކުރަން ފެނަކަ ކޯޕަރޭޝަން ލިމިޑެޓާއި ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފެނަކައާ ހަވާލުކުރީ އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރީން ހުރިހާ ކްލާސް ރޫމްތަކެއް އޭސީކޮށް ނިންމުމަށެވެ. އެ މަަސައްކަތް ފެނަކައާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށް ކަމަށް ވެސް ބުންޏެވެ.

ކްލާސްރޫމްތަކުގެ އިތުރަށް ސްކޫލްތަކުގެ ހޯލްތައް ވެސް އޭސީ ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ އަމާޒަކީ ދިރާސީ އަހަރު ފެށުމުގެ ކުރީން ސަރުކާރު ހުރިހާ ސުކޫލެއްގެ ހުރިހާ ކްލާސް ރޫމްތަކެއް އޭސީކޮށް ނިންމުމެވެ.

ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ “ކޫލް ސްކޫލް” ޕްރޮޖެކްޓް އިފުތިތާހުކޮށްފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. މި ޕްރޮޖެކްޓް އެންމެ ފުރަތަމަ ފަށާފައި ވަނީ ކ. މާފުށީ ސްކޫލްގައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެންމެ ބޮޑަށް ދަރިވަރުންގެ ފަރާތުން އައި އެދުމަކީ، ދަރިވަރުން ކިޔަވާ ކްލާސްރޫމްތައް ހޫނުކަމުން، އޭސީކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެމަނިކުފާނު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމެއް އޭސީ ކުރަން ނިންމެވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

Rtl

އާރުޓީއެލް ހިދުމަތް 5 އަތޮޅެއްގައި ފެށުމަށް ދިރާސާތަކުގެ މަސައްކަތް މި މަހު ފަށަނޭ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީގެ ގޮތުގައި ނުލިބިހުރި 1.2 ބިލިޔަން ރުފިޔާ ހޯދައިފި

TTH_advertisement ELL Mobile Advertisement