ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި މިއަހަރު 16 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ތެރޭގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 16 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން 16 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މިހާތަނާ އަޅައިބަލާއިރު ހަ ޕަސަންޓުގެ ކުރިއެރުމެކެވެ.

ރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 13 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖުމުލަ އާމްދަނީގެ 78 ޕަސެންޓުކަމަށް ރިޕޯޓުގައި ބުންޏެވެ.

އެހެނިހެން އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 3.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން 100 މިލިއަން ރުފިޔާއަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީކަމަށް ރިޕޯޓުގައި ބުންޏެވެ.

މިއަހަރުގެ ބަޖެޓުގައި މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރި އާމްދަނީގެ 41.9 ފައިސާ ލިބިފައިވާކަމަށްވެސް ރިޕޯޓުގައި ބުންޏެވެ.

ޓެކްސް-ނޫން އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބުނުއިރު ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ސްކޫކްގެ ދަރަނި ޚަލާސްކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު ދެއްވައިފި

ރާއްޖެއާއި އޮމާނާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި

Mm

ރާއްޖެ އާއި އޯޕެކް ފަންޑާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

minister zameer

މިނިސްޓަރ ޒަމީރު ސަރޖަރީއެއް ފުރިހަމަކޮށްފި، ވަޒީރުގެ ހާލު