ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރުތަކުގެ ޙައްޖުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރާނަން: ޝަކީލް

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެފައިވަނީ، އަންނަ އަހަރުތަކުގެ ޙައްޖުގެ އިންތިޒާމުތައް މިއަހަރަށްވުރެ އިތުރަށް ފުރިހަމަކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. މި ބަޔާން ދެއްވާފައިވަނީ، ދިވެހި ޙައްޖުވެރިން ފުރަތަމަ ފަހަރަށް މައްކާއިން މަދީނާއަށް ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޝަކީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އައު ދަތުރުގެ އިންތިޒާމާމެދު ހުރިހާ ޙާޖީންވެސް ހިތްހަމަޖެހިފައިވާ ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދުގެ ދަށުން ގެނެވުނު ބަދަލެއްކަމަށެވެ. އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން، ޙައްޖުވެރިންނަށް ދަތުރު ލުއިފަސޭހަކުރުމުގެ ގޮތުން މި އިންތިޒާމު ހަމަޖެއްސިފައިވާ ކަމަށް ވިދާޅުވެ، ޙައްޖުވެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.

ކުރިއަށް އޮތް އަހަރުތަކުގެ ޙައްޖާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، މިއަހަރު ކަނޑައެޅުނު އިންތިޒާމުތައް ބެންޗްމާކެއްގެ ގޮތުގައި ބަލައި، އެއަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އަމާޒުހިފާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކަކީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު އެންމެ ރަނގަޅު އަދި ފުރިހަމަ އިންތިޒާމުތައް ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ތަޢާރަފުކުރުމާއި، މިނާ އަދި ޢަރަފާތުގައި ދިވެހީންނަށް ޚާއްޞަ ފޭލިގެތަކެއް ކަނޑައެޅުމާއި، ހިލޭ ސާބަހަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް

Ui

ދިވެހި ހައްޖާޖީން ތިބުމަށް ހަމަޖެހިފައިވާ މިނާ ޓެންޓުތަކުގައި 60 ފާހާނާ ބަހައްޓަނީ

umra

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު އުމްރާވެރިން ސައުދި އަރަބިއްޔާއަށް ހިނގައްޖެ

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ