ކުއްލި ޚަބަރު

އިންޑިއާ އިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ: މޯދީ

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސޭހަ އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ހޯރަފުށީ ބޮޓްލިން ޕްލާންޓްގެ މަސައްކަތް އަންނަ މަހު އަލުން މަސައްކަތް ފަށާނެ: ފެނަކަ

ހއ. ހޯރަފުށީގައި ތަރައްޤީކުރަމުންދާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ހުއްޓާ ނުލާކަމަށާއި އަންނަ މަހު އެމަސައްކަތް އަލުން ފަށާ ވަރަށް އަވަހަށް މަސައްކަތް ނިންމާނެކަމަށް ފެނަކަ ކޮޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކުންފުނިން މިހެން ވިދާޅުވެފައިވަނީ ހޯރަފުށީގައި ތަރައްޤީކުރަމުންދާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ އިންޑިޔާގެ ހިލޭއެހީއާއެކު ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމްކުރުމަށް އެކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދު 2019 ވަނަ އަހަރު އެއްބަސްވުމެއް އެކުލަވާލިކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލާފައިވާކަމަށް ދައްކަމުންދަނީ ޙަގީގަތާ ޚިލާފު ޚަބަރުތަކެއްކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން ވިދާޅުވީ 2019 ވަނަ އަހަރު މަޝްރޫޢުގެ މަސައްކަތް ފަށަން ތައްޔާރުވިނަމަވެސް މަޝްރޫޢު ކުރިއަށްގެންދާ ބިމުގެ އިންފާރު ރޭނުން ފިޔަވާ އިތުރު މަސައްކަތްތައް ނުކޮށް 2 އަހަރުދުވަސް ހޭދަވިކަމަށެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ނިމުނު އިރުވެސް އިތުރު މަސައްކަތެއް ނުކޮށް 30 މިލިޔަން ރުފިޔާ އެ ކުންފުނިން ޚަރަދުކުރިކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ނިންމާލެވުނީ މަސައްކަތުގެ %70 ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.

މި މަސައްކަތަށް 36،706،925 (ތިރީސް ހަ މިލިއަން ހަތްސަތޭކަ ހަހާސް ނުވަސަތޭކަ ފަންސަވީސް) ރުފިޔާ ޚަރަދުވާއިރު އިންޑިއާއިން ދިން 9 މިލިޔަން ރުފިޔާގެ އެހީއިން ކައުންސިލުން ހިއްސާކޮށްފައިވަނީ 2،400،000 (ދެމިލިއަން ހަތަރުސަތޭކަ ހާސް) ރުފިޔާކަމަށާއި ބާކީ 34.3 މިލިޔަން ރުފިޔާ ޚަރަދުކުރީ އެކުންފުނިންކަމަށް ފެނަކައިން ވިދާޅުވިއެވެ.

ބޮޓްލިންގ ޕްލާންޓް އިމާރާތުގެ މުވައްޒަފުން ތިބޭނެ ގޮނޑިއާއި މޭޒު ހުރިނަމަވެސް މުވައްޒަފުން މަސައްކަތް ކުރަން ބޭނުންވާ މެޝިނަރީޒްގެ ބޮޑު ބައި ހުރީ ރާވާ ނުނިންމާކަމަށައި އިމާރާތުގެ އެތެރޭގައި ނިންމަންޖެހޭ އިމާރާތްކުރުމުގެ ބައެއް މަސައްކަތްވެސް ހުރީ ނުނިންމާކަން ފެނަކައިން ފާހަގަކުރިއެވެ.

ފެނަކައިގެ ބަޔާނުގައި ވިދާޅުވީ އެ ކުންފުނީގެ މާލީ ހާލަތަށް ރިޢާޔަތްކޮށް މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންދިއުމަކީ މިވަގުތު އެ ކުންފުންޏަށް ކުރެވެން އޮތްކަމަކަށް ނުވާތީ އެ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް މި މަޝްރޫޢު ހުއްޓާނުލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު ޖުލައި މަހު މަޝްރޫޢުގެ މަސައްކަތް ފަށާ ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން ވިދާޅުވީ ބޮޓްލިންގ ޕްލާންޓުގައި ކުރަންހުރި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އެ ކުންނިން އަމަލުކުރަމުންދާ ޢުޞޫލްތަކުގެ ތެރެއިން އިޢުލާންކުރާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

މޯދީ ސަލްޓަން ޕާކްގައި ގަހެއް އިންދަވައިފި

112

އިންޑިއާ އިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި

Dsc 1157

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ: މޯދީ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫގައި އިންޑިއާއިން ކުރިއަށްގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކޮށްފި

TTH_advertisement ELL Mobile Advertisement