ކުއްލި ޚަބަރު

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ

Faaaaaaaaa

ރާއްޖޭގެ މަޝްހޫރު ދީނީއިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމައިފިއެވެ.

ޝައިޚް ފަރީދު އިސްވެ ހުންނަވައި އުފެއްދެވި ޚިދުމަތް ޖަމްއިއްޔާ އިން ބުނީ އެމަނިކުފާނުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން އެހީތިރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ޖުމްލަ 760،000 ލިބިފައިވާ ކަމަށް އެ ޖަމްއިއްޔާ އިން ހާމަކުރިއެވެ.

އެމަނިކުފާނުގެ ހަނދާނުގައި މާލޭގައި ވެސް މިސްކިތެއް ބިނާކޮށްދިނުމަށް ގިނަ ބަޔަކު ދިޔައީ އެދެމުންނެވެ.

ޚިދުމަތް ޖަމްއިއްޔާ އިން ބުނީ ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން ނިންމީ، މިސްކިތް ބިނާކުރުމަށް އަދިވެސް ފައިސާގެ އެހީ ލިބެމުންދާތީ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި އެމަނިކުފާނުގެ ހަނދާނުގައި މިސްކިތް ބިނާކުރުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަދިޔާކުރަން ބޭނުންވާ މީހުން 7770000141496 އެކައުންޓް ނަންބަރަށް ފައިސާ ފޮނުވަން ދިއުމަށް އެ ޖަމިއްޔާއިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qwo

ޝައިޚް ފަރީދުގެ ހަނދީ މިސްކިތް ބިނާކުރަން ސަރުކާރުން އެހީ ވަނީ

Fareed99

ފަރީދުގެ އަޑުން ރެކޯޑްކޮށްފައިވާ އައްމާ ފޮތް އާންމުކޮށްފި

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝުގައި މިސްކިތެއް އަޅަނީ، ބޭނުންވާ ފައިސާ ހަމަވެއްޖެ

ކަށުނަމާދަށްފަހު ޝައިޚް ފަރީދު ފަސްދާނުލައިފި

TTH_advertisement