ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯނުތައް ނަގައިގެން ރައްޔިތުންނަށް ފައިދާތައް ކުރި، ދަރަނި ދެއްކުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ: ރައީސް ވަހީދު

402975 06ac96af f
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ލޯނުތައް ނަގައިގެން ރައްޔިތުންނަށް ފައިދާތައް ކުރި ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފައިދާއެއް ނެތް ކަމަށް ބުނުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ “ބާރު ހަތަރެއް” ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ބުރިޖާއި ހައުސިން މަޝްރޫއުތައް އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވުނީ ލޯނުތައް ނެގުމުގެ ސަބަބުން ކަމަށެވެ.

“ދަރަނި މިހާރު އެވަނީ އަށް ބިލިއަނަށް އަރާފައި. ޒިންމާ އުފުލުމުގައި އެންމެ މީހެއްގެ ބޮލަށް ޖެހުމަކީ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުގެ ޒިންމާ ވެސް އެބައޮތް. ބޮޑެތި ލޯނުތަކެއް ނަންގަވަން ފެއްޓެވީ ފުރަތަމަ ރައީސް ނަޝީދުގެ ވެރިކަމުގައި. އޭގެ ފަހުން ކޮންމެ ވެރިކަމެއްގައި ވެސް ދިޔައީ ލޯނުތައް ނަގަމުން،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ލޯނުތައް ދެއްކުމުގައި ހުރިހާ އެންމެންވެސް ސަރުކާރަށް އެއްބާރުލުން ދޭންވާނެ ކަމަށާއި އެގޮތުން ކުރެއްވެން ހުރި މަސައްކަތްތައް އެ މަނިކުފާނު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ގާތް ގައުމުތަކާއެކު މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެއްވެސް އުނދަގުލެއް ނެތި ލޯނުތައް ދައްކައި ކުރިއަށްދެވެނީ ސަރުކާރު އަދި ރައީސް މުއިއްޒުގެ ސިޔާސަތުގެ ސަބަބުން ކަމަށާއި ދަރަނިތައް ދެއްކުމުގައި ރައީސް މުއިއްޒުގެ ވިސްނުންފުޅު ރަނގަޅު ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

417829 ba65c4da c

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް