ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބުރިޖުގެ މަސައްކަތް ފުރިހަމަވީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅުން: ރައީސް ވަހީދު

402984 e6c8cd2e 9
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު — ފޮޓޯ: ރައީސް އޮފީސް

ޗައިނާއާއެކު ބުރިޖު އެޅުމުގެ މަޝްވަރާތައް ފެށުނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ކަމަށާއި އެ މަސައްކަތް ފުރިހަމަވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުން ކަމަށް ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް ވަހީދު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ “ބާރު ހަތަރެއް” ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ބުރިޖާއި ހައުސިން މަޝްރޫއުތައް އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވުނީ ލޯނުތައް ނެގުމުގެ ސަބަބުން ކަމަށާއި އެހެންކަމުން ލޯނުތައް ނަގައިގެން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށް ބުނުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

“ޗައިނާއާއެކު ބުރިޖު އެޅުމުގެ މަޝްވަރާތައް ފެށީ އަޅުގަނޑުގެ ސަރުކާރުގައި. ނަމަވެސް އަޅުގަނޑަށް ފަހުން އެ މަސައްކަތް ފުރިހަމަކުރުމުގެ ފުރުސަތު ލިބިފައެއް ނުވޭ. އޭގެ ފަހުން ރައީސް ޔާމީން އިމްޕްލިމެންޓު ކުރެއްވި ފުރިހަމައަށް. އަދި އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ އެއް ކަމެއް އެއީ އަމަލީގޮތުން މިހާރުގެ ރައީސް މުއިއްޒު ކުރެއްވި މަސައްކަޕުޅު،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ދަރަނީގެ އަދަދު މިހާރު އަށް ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި ނަމަވެސް އެންމެ މީހެއްގެ ބޮލަށް އެކަން ޖެހުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެކަމުގައި ހުރިހާ ސަރުކާރަކުން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ލޯނުތައް ދެއްކުމުގައި ހުރިހާ އެންމެންވެސް ސަރުކާރަށް އެއްބާރުލުން ދޭންވާނެ ކަމަށާއި އެގޮތުން ކުރެއްވެން ހުރި މަސައްކަތްތައް އެ މަނިކުފާނު ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

417829 ba65c4da c

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް