ކުއްލި ޚަބަރު

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ފަރީދުގެ އަޑުން ރެކޯޑްކޮށްފައިވާ އައްމާ ފޮތް އާންމުކޮށްފި

Fareed99

މިދިޔަ ހޯމަ ދުވަހު އަވަހާރަވި، ދީނީ އިލްމުވެރިޔާ އަލްމަރުހޫމް ޝައިޚް އިބްރާހިމް ފަރީދު އަޙްމަދުގެ އަޑުފުޅުން ރެކޯޑުކުރެވިފައިވާ އައްމާ ފޮތް ޢާންމުކޮށް ދޫކޮށްފިއެވެ.

އިލްމު.އެމްވީން މިއަދު ހާމަކުރި ގޮތުގައި މި ރެކޯޑިންގ ރައްކާކުރެވިފައި އޮތްތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން، އެ މަރުޙޫމަށް ޞަދަޤާތެއްގެ ގޮތުގައި މި ރެކޯޑިންގ އަޑުއެހޭނެ ލިންކެއް ވަނީ ޙިއްޞާކޮށްފައެވެ. ލިންކު

ދީނީ އިލްމު ފެތުރުމާއި ދަޢުވަތު ދިނުމުގައި އުމުރުފުޅުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ޝައިޚް ފަރީދު އަވަހާރަވީ ހޯމަ ދުވަހު މެލޭޝިއާއަށް ވަޑައިގަތްތަނާ ހާޓް އެޓޭކެއް ޖެހިވަޑައިގަތީ އެއަރޕޯޓުގައެވެ. އެ މަރުޙޫމްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގައި ވަނީ އަދާކޮށްފައެވެ.

އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣާއިބު ކަށު ނަމާދު ކުރުން އޮންނާނެއެވެ. ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަދި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމްޢިއްޔާއިން ވަނީ ނިންމާފައެވެ.

އެ މަޝްރޫޢަށް ބޭނުންވާ ފަންޑު ހޯދުމަށް ހުޅުވާލިތާ 24 ގަޑިއިރު ވެސް ނުވަނީސް އަންދާޒާކުރި އަދަދު ވަނީ ހަމަވެފައެވެ. އެ ފަންޑަށް އަދިވެސް ދަނީ އެހީތައް ލިބެމުންނެވެ. އަދި ގިނަ ފަރާތްތަކުން އެ ފަންޑަށް ފައިސާ ޖަމާކުރަމުންދާ ކަމަށާއި، ބަންގްލަދޭޝްގައި މިސްކިތް ބިނާކުރުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފައިސާ ލިބެމުންދާތީ، ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމީ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ހިތާމަ ފާޅުކޮށް، އެ މަރުޙޫމްގެ ޚިދުމަތްތައް ފާހަގަކޮށްފައެވެ. އަދި އެ މަރުޙޫމްގެ އިލްމީ އަދި ދަޢުވަތުގެ މަސައްކަތްތައް ދެމެހެއްޓުމަށް ގިނަ ފަރާތްތަކުން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qwo

ޝައިޚް ފަރީދުގެ ހަނދީ މިސްކިތް ބިނާކުރަން ސަރުކާރުން އެހީ ވަނީ

Faaaaaaaaa

ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝުގައި މިސްކިތެއް އަޅަނީ، ބޭނުންވާ ފައިސާ ހަމަވެއްޖެ

ކަށުނަމާދަށްފަހު ޝައިޚް ފަރީދު ފަސްދާނުލައިފި

TTH_advertisement