ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު ރާއްޖެ އަންނާނެ

މިއަހަރުގެ ހައްޖުގެ އަޅުކަން ނިންމާލުމަށްފަހު މިމަހުގެ 13 ވާ ހުކުރު ދުވަހު ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

ހައްޖު މިޝަންއިން ހާމަކުރިގޮތުގައި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ދެވަނަ ގްރޫޕް މިމަހުގެ 14 ގައި އަދި ތިންވަނަ ގްރޫޕް މިމަހުގެ 16 ގައެވެ. އަދި އެންމެ ފަހު ގްރޫޕް އަންނާނީ މިމަހުގެ 17 ގައި ކަމަށްވެސް ހައްޖު މިޝަނުން ބުނެފައިވެއެވެ. އެތަނުން ފުރަތަމަ ދެ ގްރޫޕާއި ހަތަރުވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އެއަރލައިންސްގެ ފްލައިޓްތަކުގައެވެ. އަދި 16 ގައި އަންނަ ތިންވަނަ ގްރޫޕް އަންނާނީ ސައުދީ އެއަރލައިންސްގެ ފްލައިޓެއްގައެވެ.

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް 1000 ހައްޖުވެރިން ގޮސްފައިވެއެވެ.

ހައްޖުވެރިން އެނބުރި އަންނަ ދުވަސްވަރކީ އެކި ކަހަލަ ރޯގާތައް އާންމުވާ ދުވަސްވަރެކެވެ. އެކަން ފާހަގަކުރައްވާ ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވަނީ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަތާ ދެ ހަފުތާ ވަންދެން އާއިލާއާއެކު އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ފާހަގަކުރެއްވި ގޮތުގައި، މިއަހަރު ރާއްޖޭގައި އާންމު ރޯގާތައް އިތުރުވެފައިވެއެވެ. މީގެ ތެރޭގައި އިންފްލުއެންޒާ، ކޮވިޑް-19 އަދި ވައިރަލް ފީވަރ ހިމެނެއެވެ. ހަމައެހެންމެ ހައްޖުވެރިންނާއި އުމްރާވެރިން އެނބުރި ރާއްޖެ އަންނަ ދުވަސްވަރަކީ މިފަދަ އާންމު ރޯގާތައް އިތުރުވާ ދުވަސްވަރެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ހައްޖުވެރިން އެނބުރި އައުމާއެކު އާންމު ޞިއްޙަތަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް

Ui

ދިވެހި ހައްޖާޖީން ތިބުމަށް ހަމަޖެހިފައިވާ މިނާ ޓެންޓުތަކުގައި 60 ފާހާނާ ބަހައްޓަނީ

umra

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު އުމްރާވެރިން ސައުދި އަރަބިއްޔާއަށް ހިނގައްޖެ

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ