ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝައިޚް ފަރީދުގެ ހަނދާނުގައި ބަނގްލަދޭޝްގައި މިސްކިތެއް ބިނާކުރަނީ

Fars
ޝައިޚް ފަރީދު ބަންގްލަދޭޝްގެ ނިކަމެތި ކުއްޖަކާ އެކު

މެލޭޝިއާގައި އިއްޔެގެ ވަގުތެއްގައި އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ޚިދުމަތް ޖަމިއްޔާއިން ފަށައިފިއެވެ.

ދީނީ ދަރުސެއް ދެއްވުމަށް މެލޭޝިއާއަށް ވަޑައިގަތުމަށްފަހު، އެއާޕޯޓުގައި ހުންނަވަނިކޮށް އަވަހާރަވި ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާކަމަށް ޚިދުމަތް ޖަމިއްޔާއިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫޢުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

“ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ސަދަގާތެއް ކުރަން، އެބޭފުޅާގެ އިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެ” ޚިދުމަތް ޖަމިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝައިޚް އިބްރާހިމް ފަރީދު އަހުމަދު އިސްލާމް ދީނަށް ކޮށްދެއްވި ޚިދުމަތަކީ ދުލާއި ގަލަމުން ކިޔައިދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެއްކަން ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އިންސާނަކު މަރުވުމަށްފަހު އެމީހެއްގެ ޒިކުރާ އާކުރުމަށް ދިރިތިބޭ މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އެމީހަކަށްޓަކައި ދެމިގެންދަނިވި ސަދަގާތެއް ކުރުންކަމުގައި ބުނެފައިވެއެވެ.

އުމުރުފުޅުން 53 އަހަރުގެ ޝައިޚް ފަރީދުގެ ހަށިކޮޅު މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި އެ މަރްހޫމްގެ މައްޗަށް ޣައިބު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

މިސްކިތު ފަންޑަށް އެހީތެރިވުމަށް:
ޚިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު: 7770000141496

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް ހަމަޖައްސަވައިފި

DSC

ހުޅުމާލެއަށް ދޫކޮށްފައިވާ ގޯތިތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފަށަނީ

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މަލްޓި-ޑިސިޕްލިނަރީ ޓީމެއް ފުވައްމުލަކަށް

ތިލަފުށީގައި ތަރައްގީކުރާ އައު ވިޔަފާރި ބަނދަރުގެ “ޖިއޯ ޓެކްނިކަލް” ސަރވޭ ފަށައިފި