ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގައްދާ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު —

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު އަވަހާރަވުމުން އެބޭފުޅާގެ އާއިލާއަށް ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރަޝީދު އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާ އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވިފަހުންނެވެ.

ތައުޒިޔާ ވިދާޅުވަމުން ރައީސް “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝީދާ އެކުގައި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށެވެ.

މަޖިލީހުގެ މެންބަރުކަމަށް 2019 ވަނަ އަހަރު ރަޝީދު ވަޑައިގަތީ ޕީޕީއެމްގެ ޓިކެޓްގައެވެ. އޭނާ ވަނީ އެ ޕާޓީއަށް މުހިންމު ހިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ޕީޕީއެމްގެ ސެނެޓް މެންބަރުކަން އަދާކުރެއްވިއެވެ. އަދި އޭގެ ފަހުން ޕީއެންސީގެ ސެނެޓް މެންބަރުކަން ވެސް ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި ވެސް ރަޝީދު ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް