ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމީ ކޯޗުގެ މަގާމުން ސުޒެއިން އިސްތިއުފާދީފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން އަލީ ސުޒެއިން އިސްތިއުފާދީފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ވަނީ ކޯޗުގެ މަގާމުން އޭނާ ވަކިވާން ނިންމާފަވާކަން އިއުލާންކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ބުނީ މި ނަތީޖާގެ ޒިންމާ ފުރިހަމައަށް އޭނާ ނަގާ ކަމަށާއި، މިއީ ގައުމީ ޓީމާ އެހެން ކޯޗެއް ހަވާލުވުމުގެ ވަގުތު ކަމަށެވެ. އެހެންކަމުން ގައުމީ ކޯޗުގެ މަގާމާ ދުރަށްދާން އޭނާ ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީން ގައުމީ ޓީމަށް ކޯޗެއް ހޯދަން މީގެ ކުރިން އިއުލާންކުރި ނަމަވެސް، ފައިސާގެ ދަތިކަމާ ހުރެ ޓިމޯ ލެސްޓޭ މެޗާ ހަމައަށް ސުޒެއިން ކޯޗެއްގެ ގޮތުގުގައި ބަހައްޓަން ނިންމާފައެވެ.

އެފްއޭއެމްއި ސުޒެއިން ކޯޗާއެކު ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް، ކޯޗުގެ މަގާމަށް އިތުރު މީހަކު ނެގުމުގެ ބަދަލުގައި ސުޒެއިން އާއެކު ކުރިއަށްދާން ނިންމީ މިއަހަރު ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕް، މި އަހަރުގެ ތެރޭގައި ނުބޭއްވޭނެކަން ޔަގީންވި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި

taxi

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

Supreme Court

ރެފެރެންޑަމް ވޯޓުގެ ސުވާލު ގާނޫނާ ހިލާފުކަމަށް ހުށަހެޅި މައްސަލަ ބަލައިގެންފި