ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

ގައުމީ އިހުތިިސާސުން ބޭރު ދިރޭތަކެތީގެ ނަސްލުތަކާބެހޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި

ގައުމީ އިހުތިިސާސުން ބޭރުގެ ދިރޭތަކެތީގެ ނަސްލުތަކާބެހޭ އދ. ގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި އވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް ތޯރިގު އިބްރާހިމެވެ. މިއާއެކު ރާއްޖެ ވަނީ، މި އެއްބަސްވުމުގައި ސޮއިކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނިފަ އެވެ.

ޤައުމީ އިހުތިސާސުން ބޭރުގެ ސަރަހައްދުތަކުގައި ހުންނަ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމާ ގުޅިގެން މިނިސްޓަރު ވިދާޅުވެފައިވަނީ “މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކަނޑުގެ ދުޅަހެޔޮކަމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް” ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުން ރާއްޖެއަކީ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ފާހަގަކުރެވިގެންދާނެއެވެ.

އދ. ގެ ލޯ އޮފް ދަ ސީ އޮން ދަ ކޮންސަވޭޝަން އެންޑް ސަސްޓެއިނެބަލް ޔޫޒް އޮފް މެރިން ބައިލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާސް ބިޔޮންޑް ނެޝަނަލް ޖުރިސްޓިކްޝަންގެ ދަށުން މި އެއްބަސްވުން އެކުލަވާލާފައިވަނީ 2023 ގެ ޖޫން 19 ގަ އެވެ. މި އެއްބަސްވުމަކީ އެކުވެރި ދައުލަތްތަކުގެ ކަނޑުގެ ޤާނޫނާ ބެހޭ މުޢާހަދާގެ ދަށުން ތަންފީޒުކުރެވޭ ތިންވަނަ އެއްބަސްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އދ. ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ 26 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިޚާބުވެއްޖެ

ދިވެހި ރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި

66

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ކައުންސިލްގެ ގަސް އިންދުމުގެ ޕްރޮގްރާމް މިނިސްޓަރު ތޯރިގު އިފްތިތާހުކޮށްދެއްވައިފި

Minister Thoriq Ibrahim

ރާއްޖެއަކީ ހަލާލު ޓޫރިޒަމްގައި ކުރިއަރާފައިވާ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒް: ޠާރިޤު

TTH_advertisement