ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ އޮފީހެއް ރާއްޖޭގައި ޤާއިމްކުރަނީ

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް، އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ޤާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވައިފިއެވެ.

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް ކޫ ޑޮންގްޔޫ މި ޔަޤީންކަން ދެއްވާފައިވަނީ ޔޫއެންއޯސީގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝިޔާމް ވަނީ އެފްއޭއޯއިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ޤާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި، މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި އެފްއޭއޯގެ ޚާއްޞަ އޮފީހެއް ޤާއިމްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވާނެކަމުގެ ޔަޤީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއަރުވާ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

shiyam minister

މެނިފެންސްޓޯ ތަންފީޒްކުރުމަށް މުހިންމީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް: ޝިޔާމް

66

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

990

މިނިސްޓަރު ޝިޔާމާ ބައްދަލުވުމުން ލިބުނީ ޕޮޒިިޓިވް ޖަވާބެއް، މަސްވެރިން ތިބީ އުފަލުން!