ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭހުގެ މައްސަލައަށް ހައްލު ގެނައުމަށް އެސްޓީއޯއިން އެތެރެކުރާ ބޭހުގެ އަދަދު 300 އިން 1000 އަށް އިތުރުކޮށްފި: ނާޒިމް

STO_Ads
TTH_Ads
Advertisement

އާސަންދަ ރީފޯމްކޮށް، ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެސްޓީއޯ މެދުވެރިކޮށް ކުރިން އެތެރެކުރަމުން ދިޔަ ބޭހުގެ އަދަދު 300 އިން 1000 އަށް އިތުރުކޮށްފައިވާކަމަށް ޞިއްޙީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވީ އާސަންދައިގެ ނިޒާމް އޮތީ ރާއްޖެއަށް ނުކަތާ މިންވަރަށް ފުޅާވެފައި ކަމަށާއި، އާސަންދައަށް ކަނޑައަޅާ ބަޖެޓުގެ ފައިސާ ކޮންމެ އަހަރަކުވެސް ހުސްވެ، ސަޕްލިމެޓްރީ ބަޖެޓުގެ ތެރެއިން އެ ހަރަދުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ. އާސަންދައިގެ ގާތްގަނޑަކަށް 30 ނުވަތަ 40 ވަރަކަށް އިންސައްތަ ޚަރަދުކުރަނީ ހަމައެކަނި ބޭސް މީހުންނަށް ދޫކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޭހުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ފެށި މަސައްކަތުން ފާހަގަވީ ބައެއް ބޭސްތައް ވަރަށް ބޮޑު ޕްރޮފިޓް މާޖިންއެއްގައި ވިއްކަމުން ދިއުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެ މައްސަލަ ހައްލުކުރަން އޮތް ގޮތަކީ ބައެއް އެސެންޝިއަލް ބޭސްތަކަށް ކޮންޓްރޯލް ކޮށްފައިވާ އަގެއް ކަނޑައެޅުން ކަމަށާއި، އެއީ އެންމެންގެ ފައިދާއަށްޓަކައި ސަރުކާރުން ކުރި ކަމެއްކަމަށް އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ކޮންޓްރޯލް އަގެއް ކަނޑައަޅައި، ބޮއްސުންލާފައި އޮތް ބޭހުގެ މައްސަލަ ހައްލުކުރުމަކީ ގޮންޖެހުން ބޮޑު ކަމެއް ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެއީ ގޮންޖެހުމަކަށް ވުރެ ބޮޑަށް ފުރުސަތެއްގެ ގޮތުގައި ބަލައި ސަރުކާރުން އެމަސައްކަތް ފެށި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އެ ގޮންޖެހުމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށްވީ އެސްޓީއޯ އިން އެތެރެ ކުރާ އެސެންޝިއަލް ބޭހުގެ އަދަދު ހާހަކަށް ވުރެ އިތުރުވެ، ބޭސް ލިބުމާއި ގުޅޭގޮތުން މިހާރު އަންނަ ޝަކުވާ މަދުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

“އޭގެ އަލިމަގު އަޅުގަނޑުމެންނަށް އެބަފެނޭ. ޝަކުވާތައް މަދުވެއްޖެ. ދިވެހިރާއްޖެއަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ބޭސް އެެތެރެކުރަން މި އޮންނަ އެސްޓީއޯގެ ސަޕްލައި އިތުރުވެެެއްޖެ. މިހާރު އެސްޓީއޯއިން އެކަނި އެއްހާހަށް ވުރެ ގިނަ ބޭސް އެސްޓީއޯ ފާމަސީތަކުން އެބަލިބޭ. އަޅުގަނޑުމެން މިމަސައްކަތް ފެށިއިރުގަ 200 ނޫނީ 300 ބޭސް އެސްޓީއޯއިން ރަޖިސްޓްރީ ކޮށްގެން ގެންނަނީ. މި މަސައްކަތާއެކު ސަރުކާރުން އެޅުއްވި ފިޔަވަޅާއެކު ހާހަކަށް ވުރެ ގިނަ ބޭސް އެސްޓީއޯއިން މިހާރުވެސް އެތެރެކޮށްފަ އެބަހުރި. އަޅުގަނޑުމެންގެ އެސެންޝިއަލް މެޑިސިންގެ ތެރޭގައި ހުރި ހުރިހާ ބޭހެއް އެސްޓީއޯއިން މިހާރު އެތެރެކުރެވިއްޖެ. ގާތްގަނޑަކަށް 10 ވަރަކަށް ބޭސް އެބައުޅޭ އެއީ ރާއްޖޭގެ މާކެޓްގައި ފަހުގެ ތާރީހެއްގައި އެއްގޮތަކަށްވެސް ބޭނުން ނުހިފޭ ބޭނުންޖެހިފަ ނެތް ބޭސް. އެހެންވީމަ އަޅުގަނޑުމެން މި ޤަބޫލުކުރަނީ އޭގެ 99 ޕަސެންޓް އެސެންޝިއަލް މެޑިސިން އެސްޓީއޯއިން މިހާރު އެތެރެކޮށްފި ކަމަށް” ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.

އިތުރު ބޭސްތަކަށް ބަލާއިރު، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި ބޭހުގެ ތެރެއިން 1400 ބޭސް ގެނައުމަށް އަމާޒުކޮށްގެން އެ ބޭސްތައް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، މީގެކުރިން ގަބޫލުކުރެވިފައި އޮތީ އެސްޓީއޯ އަކީ ހަމައެކަނި މުދާ އެތެރެކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ. އެންމެން ގުޅިގެން މީގެކުރިން މަސައްކަތްތަކެއް ކުރެވިފައި ނެތްނަމަވެސް، މިހާރު މަސައްކަތްކުރަނީ އިދާރާތައް ގުޅިގެން ބޭހުގެ މައްސަލަތަ ހައްލުކުރަންކަމަށް ވަޒީރު ވަޒީރު ތަކުރާރުކުރެއްވިއެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް ޞިއްޙި ވުޒާރާއިން އެސްޓީއޯއާއެކު މަސައްކަތް ކުރަނީ ރާއްޖޭގައި ބޮޑެތި ހޮސްޕިޓަލްތަކާއި ގުޅުންހުރި އިދާރާތަކުގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ގުޅިގެން ކަމަށް ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ފިލިޕްސް ބްރޭންޑްގެ އޭސީތައް އެސްޓީއޯއިން މިހާރު ލިބޭނެ!

ސްޓޭޓްފާމާއަށް ބަދަލުކުރަން އެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު

Sstv FORM FOR EC

އެސްޓީއޯއިން ފިޔާގެ އަގު ހިފަހައްޓައި، އަންނަ ހަފުތާގައި ހޯލްސޭލްކުރަން ފަށަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި