ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލައިބާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

Laiii

“އަރްމޭނިއަން ޔޫތު އޯޕަން 2025” ގައި ތިން ކެޓެގަރީއަކުން ރަން މެޑެލް ހޯދައިގެން އައި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަލޫހްފަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ލައިބާއަށް މަރުހަބާ ކިޔުމަށް އެއަރޕޯޓަށް ވަޑައިގެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަޙްމަދު މުންތަޤިމް (މުންތޭ) އެވެ.

ސްޓޭޓް މިނިސްޓަރ ރިޔާޒް ވިދާޅުވީ ލައިބާ ހޯދި ކާމިޔާބީއަކީ ރާއްޖެ ފަޚުރުވެރިވާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބެޑްމިންޓަނުން ރާއްޖެއަށް ގިނަ ރަންވަނަތަކެއް ލައިބާ ގެނެސްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކުޅިވަރު ވުޒާރާއިން ލައިބާގެ ކުރިއެރުމަށް ހިތްވަރު ދެއްވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ލައިބާ ބުނީ މި ކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާ ކަމަށާއި، އަބަދުވެސް މުބާރާތްތަކަށް ދަނީ ރަން މެޑެއްޔަކަށް އުންމީދުކޮށްގެން ކަމަށެވެ. އަދި ސަރުކާރުން މިކަން ފާހަގަކުރެއްވީތީ އުފާވެ، އިތުރު ހިތްވަރެއް ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ.

ލައިބާގެ ބައްޕަ އަޙްމަދު މަޚްލޫފް ވިދާޅުވީ ލައިބާގެ މި ކާމިޔާބީގައި ސަރުކާރުގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮތް ކަމަށެވެ. އަރުތަ ޕްރޮގްރާމްގެ ދަށުން މުބާރާތްތަކަށް ދަތުރުކުރުމުގައި ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި، އެކި ސްޕޮންސަރުންވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލައިބާ ރަން މެޑެލް ހާސިލުކުރީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކުންނެވެ. މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެލް ހާސިލުކުރި ފުރަތަމަ ފަހަރެވެ. އަދި ޖޫނިއަރ ކެޓަގަރީން ރާއްޖެއަށް ރަން މެޑެލް ހޯދުނު ފުރަތަމަ ފަހަރުވެސް މެއެވެ.

2022 ވަނަ އަހަރުން ފެށިގެން އަމިއްލަ ގޮތުން ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ލައިބާގެ މި ކާމިޔާބީއަކީ ބެޑްމިންޓަންގައި ކުރިއަށްދާން ބޭނުންވާ އެހެން އެތުލީޓުންނާއި ކުޅިވަރަށް ޝައުޤުވެރިކަން ހުރި ބެލެނިވެރިންނަށް ލިބޭ އުންމީދެއް ކަމަށް ލައިބާގެ ބައްޕަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

ހުޅުމާލޭ ފޭސް އެކެއްގައި ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް ފަށައިފި

78

އޭއީއެޗްގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް ހަމަޖައްސަވައިފި

DSC

ހުޅުމާލެއަށް ދޫކޮށްފައިވާ ގޯތިތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފަށަނީ

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މަލްޓި-ޑިސިޕްލިނަރީ ޓީމެއް ފުވައްމުލަކަށް